"ދަ ޑިމޮކްރެޓްސް" ޕާޓީގެ ލިސްޓު ލީކުކޮށްފައިނުވާނެ ކަމުގައި އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.
އެ ކޮމިޝަނުން މިހެން ބުނެފައިވަނީ މިރޭ ނެރުނު ނޫސްބަޔާނެއްގައެވެ.
އެ ނޫސްބަޔާނުގައި ބުނެފައިވަނީ އެފަދަ އެއްވެސް ކަމަކީ މި ކޮމިޝަނުގެ ތެރޭގައި ހިނގާފައިވާ ކަންކަމެއް ނޫން ކަމަށެވެ.
"މިފަދަ އެއްވެސް އަމަލެއް، މި ކޮމިޝަނުގެ އެއްވެސް މެންބަރަކު ނުވަތަ މުވައްޒަފަކު ހިންގާފައި ނުވާކަން އެންމެހާ ދިވެހި ރައްޔިތުންނަށް ދަންނަވަން" އިލެކްޝަންސް އިން ބުނެފައިވެއެވެ.
އިތުރަށް ބުނެފައިވަނީ ރިޔާސީ އިންތިހާބަށް ކޮމިޝަނުން ތައްޔާރުވަމުންދާ މި ދަނޑިވަޅުގައި ކޮމިޝަނާއި، ކޮމިޝަނުގެ މެންބަރުންނާއި، މުވައްޒަފުންނަށް ރައްޔިތުންގެ މެދުގައި އޮތް އިތުބާރު ގެއްލޭގޮތަށް އެއްވެސް ފަރާތަކުން ކޮމިޝަނާ މަތިކޮށް އެއްވެސް ވާހަކައެއް ނުފެތުރުމަށް އިލްތިމާސްކުރާކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް