ލަމްހާގެ ބަންދަށް ލުޔެއް ދޭންޖެހޭ ސަބަބެއް ނެތް: ކޯޓު

އައިޖީއެމްއެޗްގައި މަސައްކަތް ކުރަމުން ދިޔަ ފިލިޕީންސްގެ އަންހެން ނަރުހުގެ މަރުގެ މައްސަލާގައި ހައްޔަރުކުރި ދިވެހި ނަރުސް ހަލީމަތު ލަމްހާ އަބްދުއްރަހުމާނުގެ ބަންދުން ދޫކޮށްލަންޖެހޭ ސަބަބެއް ނެތް ކަމަށ...

06 Jun 2023 | 18:12

އައިޖީއެމްއެޗްގައި މަސައްކަތް ކުރަމުން ދިޔަ ފިލިޕީންސްގެ އަންހެން ނަރުހުގެ މަރުގެ މައްސަލާގައި ހައްޔަރުކުރި ދިވެހި ނަރުސް ހަލީމަތު ލަމްހާ އަބްދުއްރަހުމާނުގެ ބަންދުން ދޫކޮށްލަންޖެހޭ ސަބަބެއް ނެތް ކަމަށް ކްރިމިނަލް ކޯޓުން ކަނޑައަޅައިފި އެވެ.

މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ 19 ވަނަ ދުވަހު މޭރީ ގްރޭސް ނަމަކަށް ކިޔާ ނަރުސް މަރާލި ކަމުގެ ތުހުމަތުގައި އެންމެ ފުރަތަމަ އޭނާގެ ފިރިމީހާ އުމުރުން 29 އަހަރުގެ މާވިން ހައްޔަރުކޮށްފައިވާއިރު، އެއަށްފަހު މި މައްސަލައާ ގުޅިގެން ހައްޔަރުކުރީ މާވިންގެ ލޯބިވެރިޔާ ލަމްހާ އެވެ.

އެގޮތުން މާވިން އަށް ކުރަނީ ގަސްތުގައި މީހަކު މަރާލުމުގެ ކުށުގެ ދައުވާ އެވެ. ލަމްހާއަށް ކުރަނީ މީހަކު މަރާލުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާ އާއި ހުއްދަ ނަގައިގެން ކުރަންޖެހޭ ކަމެއް ހުއްދަ ނުނަގައި ކުރުމުގެ ކުށުގެ ދައުވާގެ އިތުރުން އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަ ނޫންގޮތެއްގައި ބާރުހިންގުމުގެ ކުށުގެ ދައުވާކަމަށް ކްރިމިނަލް ކޯޓްއިން ބުނެފައިވެއެވެ.

މި މައްސަލައިގައި ކުރިން ބޭއްވި އަޑުއެހުމެއްގައި ލަމްހާ ވަނީ ޝަރުތުތަކާއެކު ބަންދުން ދޫކޮށްލަން ޝަރީއަތުގައި އެދި، ނަފްސާނީ ބައްޔާއި ކުރިމަތިވެފައިވާތީ ލަމްހާގެ ވަކީލު ވަނީ 100 ދުވަހަށް ބަންދުން ދޫކޮށްލަން އެދިފަކަމަށް ކޯޓްއިން ބުނެއެވެ.

މިއަދު ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ގާޒީ ހުސެއިން ފާއިޒް ރަޝާދު ވިދާޅުވެފައި ވަނީ ޝަރީއަތް ނިމެންދެން ލަމްހާ ބަންދުކޮށްފައި ވަނީ އޭނާ ދޫކޮށްލައިފިނަމަ ހެއްކަށް ނުފޫޒު ފޯރުވުމުގެ ފުރުސަތު އޮތުމުގެ އިތުރުން މުޖުތަމައުއަށް ނުރައްކާއެއް އޮވެދާނެތީ ލަމްހާ ބަންދުކޮށްފައިވާ ސަބަބަށް ބަދަލު ނާންނަ ކަމަށެވެ.

މޭރީ ގްރޭސް ދަން ޖެހިފައިހުއްޓާ ފެނިގެން އޭނާގެ ފިރިމީހާ މާވިން އެސްވައި ވާގަސް ރިޕޯޓް ކޮށްފައިވެ އެވެ. އެހެން ނަމަވެސް މޭރީ މަރާލާފައި ވަނީ ބޮލަށާއި ކަރަށް ހަމަލާދީ ނޭވާ ހާސްކޮށްލައިގެން ކަމަށް އޮޓޮޕްސީ ރިޕޯޓުން ދައްކަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް