ނަޝީދު މަގާމުން ވަކި ކުރަން 50 މެމްބަރުންގެ ސޮއި ހަމަކޮށްފި!

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ވައްދަން50 އަށް ވުރެ ގިނަ މެމްބަރުން ސޮއި ކުރައްވައިފި އެވެ. މި މައްސަލަ ވައްދަނީ އެމަނިކުފާނު ނިސްބަތްވެވަޑައިގެންނަވާ ...

06 Jun 2023 | 13:53

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ވައްދަން50 އަށް ވުރެ ގިނަ މެމްބަރުން ސޮއި ކުރައްވައިފި އެވެ.

މި މައްސަލަ ވައްދަނީ އެމަނިކުފާނު ނިސްބަތްވެވަޑައިގެންނަވާ އެމްޑީޕީގެ ޕީޖީ ޕްރޫޕުންނެވެ. އެ މައްސަލަ ހުށަހަޅަން އެ ގްރޫޕުން ފާސް ކުރީ މިއަދު ބޭއްވި ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި މެމްބަރުންގެ ތެރެއިން36 މެމްބަރުންގެ ވޯޓުންނެވެ.

އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް މީގެ ހަތަރު ވަރަކަށް ގަޑިއިރު ކުރިން ޓުވިޓާގައި ވިދާޅުވީ އެ މައްސަލަ މަޖިލީހަށް ވައްދަން މަޑޫ ގަޑިއިރުތަކެއްގެ ތެރޭގައި44 މެމްބަރުން ސޮއި ކުރައްވާފައިވާ ކަމަށެވެ. އޭގެ ފަހުން އެމްޑީޕީގެ މެމްބަރުން މީޑިއާގައި ވިދާޅުވީ ސޮއި ކުރި އަދަދު50 އަށްވިރެ މަތިވެފައިވާ ކަމަށެވެ.

އެމްޑީޕީގެ މެމްބަރުންގެ އިތުރުންް އެ މައްސަލައިގަ ސޮއި ކުރެއްވި މެމްބަރުންގެ ތެރޭގައި މީދޫ ދާއިރާގެ މެމްބަރު އަހުމަދު ސިޔާމް އާއި ވިލިނގިލީ ދާއިރާގެ މެމްބަރު ސައުދު ހުސައިން ހިމެނެ އެވެ. އެމްޑީޕީގައި އެކަނި56 މެމްބަރުން މިވަގުތު ތިއްބެވި އިރު މައްސަލަ ވައްދަށް ސޮއި ނުކުރައްވާ މެމްބަރުން އަދި ނޭނގެ އެވެ.

ނަޝީދު މަގާމުން ވަކި ކުރަން ހުށަހަޅަން ނިންމީ ގާނޫނާއި ހިލާފަށް މަޖިލީސް ކުރިޔަށް ގެންދާ ކަމަށް ބުނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް