ރާއްޖޭގައި މެޓީރިއަލް ރިކަވަރީ ފެސިލިޓީ (އެމްއާރްއެފް) އެއް ހުޅުވައިފިއެވެ.
އުކާލާ ޕްލާސްޓިކް ރީސައިކަލްކޮށް ބަންދުކުރާ ފެސިލިޓީއެއް ޤާއިމުކޮށްފައި ވަނީ މޯލްޑިވްސް އޯޝަން ޕްލާސްޓިކް އެލަޔަންސް (މޯޕާ) އާއި ކޮކާކޯލާ ފައުންޑޭޝަން ގުޅިގެންނެވެ.
އެގޮތުން މޯޕާ އިން ބުނީ ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ޤާއިމުކޮޮށްފައިވާ މި ފެސިލިޓީގައި މި ވަގުތު ހުރި ވަސީލަތްތަކުގެ ތެރޭގައި ބޭލާ މެޝިނަކާއި ޕިކަޕަކާއި ބަރުދަން ބަލާނެ އާލާތްތަކާއި ފޯކްލިފްޓެއް ހިމެނޭކަމަށެވެ.
އަދި މިއީ ތިމާވެށި ތަޣައްޔަރުވުން ހުއްޓުވުމަށާއި ޖައްވަށް ބޭރުކުރާ ވިހަ ގޭހުގެ މިންވަރު މަދުކުރުމަށް ވަރަށް ބޭނުންތެރި ފެސިލިޓީއެއް ކަމަށް މޯޕާއިން ހާމަކުރެއެވެ.
މިގޮތުން މި ފެސިލިޓީ ހުޅުވުމަކީ ރަށު ކައުންސިލްތަކާއި ޖަމިއްޔާ ޖަމާއަތްތަކާއި ރިސޯޓްތައް ހިމެނޭ ގޮތަށް އެކި ދާއިރާތަކުން ގުޅިގެން ހިންގާ މުހިންމު މަޝްރޫއެއްގެ ފެށުން ކަމަށް މޯޕާއިން ބުނެފައި ވެއެވެ.
މީގެ އިތުރުން ކުނި މެނޭޖް ކުރުމާއި އަލުން ބޭނުން ކުރެވޭ ތަކެތި ޕްރޮސެސްކޮށް، އާ އުފެއްދުންތައް އުފެއްދުމަށް ބޭނުންވާ މާއްދާތަކުގެ ގޮތުގައި ވިއްކުމުގައި ވަރަށް މުހިންމު ނިޒާމެއް ކަމަށް ވެސް މޯޕާއިން ހާމަކުރެއެވެ.
މިއީ ކޮކާކޯލާ ފައުންޑޭޝަނުގެ 150،000 ޑޮލަރުގެ އެހީތެރިކަމާއެކު މޯޕާއިން ޤާއިމުކުރި ފެސިލިޓީއެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް