އުރީދޫ މޯލްޑިވްސްގެ މޯބައިލް މަނީ ޕްލެޓްފޯމް، އެމް-ފައިސާއިން ކުރިއަށް އޮތް ބަންދު ދުވަސްތަކުގައި ކަސްޓަމަރުންނަށް ހާއްސަ ޕްރޮމޯޝަނެއް ތައާރަފްކޮށްފިއެވެ.
މިގޮތުން މި ޕްރޮމޯޝަންގެ ދަށުން 1 ޖޫން 2023 އިން ފެށިގެން 30 ޖޫން 2023 ގެ ނިޔަލަށް އެމްފައިސާ ބޭނުންކޮށް ފިންސް ޑައިވް އެންޑް ލެއިޝަރ ހޮޓަލާއި ޑްރީމް އިން ގެސްޓް ހައުސްގައި އެމް-ފައިސާ ބޭނުންކޮށްގެން މަދުވެގެން ދެ ރޭގެ ޗުއްޓީއަށް ފައިސާ ދައްކާ ފަރާތްތަކަށް ހިލޭ އެއް ރޭގެ ސްޓޭ ލިބިގެންދާނެއެވެ.
މި ޕްރޮމޯޝަން އެޕްލައިވާނީ 30 ޖޫންގެ ނިޔަލަށެވެ. އަދި މިއީ ހަމައެކަނި އެމް-ފައިސާ މެދުވެރިކޮށް ފައިސާ ދައްކާ ކަސްޓަމަރުންނަށް ޚާއްޞަ ޕްރޮމޯޝަނެކެވެ. އަދި މި ޕްރޮމޯޝަންގައި ބައިވެރިވުމަށް ސްމާޓް ފޯނަށް އެމް-ފައިސާ އެޅާ އެކަން ކުރެވޭނެއެވެ.
އަލިފް އަލިފް އަތޮޅުގެ ރަސްދޫގައި ހުންނަ ފިންސް ޑައިވް އެންޑް ލެއިޝަރ ގެސްޓްހައުސްއަކީ ތިން ތަރީގެ ހޮޓަލެކެވެ. ފަހި ބަގީޗާއަކާއި، ލައުންޖަކާއި، ރެސްޓޯރެންޓެއް ހިމެނޭ މި ގެސްޓްހައުސްއަކީ ހަމަހިމޭން މާހައުލެއްގައި ޗުއްޓީ ހޭދަކުރުމަށް އެންމެ އެކަށީގެންވާ އެއް މަޒިލެވެ. މި ގެސްޓްހައުސްގައި ފަސް ޑިލަކްސް ރޫމް އަދި އެއް ސުޕާ ޑިލަކްސް ރޫމް ހުރެއެވެ. މިއިން ކޮންމެ ރޫމެއްގައި ތިން، ބޮޑެތި މީހުން ނުވަތަ ދެ ބޮޑެތި މީހުންނާއި ކުޑަކުއްޖަކަށް ހުރުވޭނެއެވެ. އަދި މިއިން ކޮންމެ ކޮޓަރިއެއްގައި ފްލެޓް ސްކްރީން ޓީވީ، މިނީ ފްރިޖް، ސޭފް، އަދި ވޯޑްރޯބެއް ހުންނާނެއެވެ. މީގެއިތުރުން ހޫނާއި ފިނި ފެން، ކޮންޕްލިމެންޓަރީ ޓޮއިލެޓްރީޒްވެސް ހުންނާނެއެވެ. މި ގެސްޓްހައުސްގައި ގެސްޓުންނަށް ހާއްސަ ޑައިނިން އޭރިއާއެއް، ކޮމިއުނަލް ލައުންޖް ހުންނައިރު، ހިލޭ ވައިފައިވެސް ލިބެން ހުންނާނެއެވެ.
މީގެ އިތުރުން ތުލުސްދޫގައި ހުންނަ ޑްރީމް އިން އިން ޕްރީމިއަމް ކްލާސް ތިން ތަރީގެ ގެސްޓްހައުސްއެކެވެ. އެ ތަނުގައި ތަފާތު ވައްތަރުގެ ކެއުންތައް ލިބޭ ރެސްޓޯރެންޓެއް ހުރެ އެވެ. އެ ހޮޓަލުގައި އަރާމު ޑިލަކްސް ރޫމްތަކާއި ސުޕަ ޑިލަކްސް ރޫމްތައް ހުންނައިރު، ކޮންމެ ކޮޓަރިއެއްވެސް އެއަރ ކޮންޑިޝަން، ކްލޯޒެޓް، ސޭފް، ހެއަރ ޑްރަޔާ، ހޮޓް އެންޑް ކޯލްޑް ފެން ލިބޭ ފާހާނާ، ފެންވަރާ ސާމާނު އަދި ތުވާލި ލިބެން ހުރެއެވެ.
އުރީދޫ އެޕް މެދުވެރިކޮށް އެމް-ފައިސާއަށް ރަޖިސްޓްރީކޮށް، ޔުޓިލިޓީ ބިލް ދެއްކުމާއި، ޕާޓްނަޝިޕް ވިޔަފާރިވެރިންނަށް ފައިސާ ދެއްކުމުގައި އެކްސްކްލޫސިވް އޮފާތައް ހިމެނޭ ގޮތަށް އުރީދޫ އެޕް މެދުވެރިކޮށް އެމް-ފައިސާއަށް ރަޖިސްޓްރީ ކުރުމަށް ހުރިހާ ނެޓްވޯކެއްގެ ކަސްޓަމަރުންނަށް މަރުހަބާ ކިޔައެވެ. އެމް-ފައިސާގެ ކަސްޓަމަރުންނަށް ޑިޖިޓަލް ވޮލެޓް އިތުރަށް ފުރިހަމަ ކުރެވޭނީ ބީއެމްއެލް، އެސްބީއައި، އަދި އެމްއައިބީ ފަދަ ލީޑިން ބޭންކުތަކުގެ އިތުރުން ހުއްދަ ލިބިފައިވާ އެމް-ފައިސާ އޭޖެންޓުން މެދުވެރިކޮށް އޮންލައިންކޮށް ކޭޝިންކޮށްގެންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް