ޖާހުގެ ހައުސިން މަޝްރޫއު ނިންމަން 30 ދުވަހުގެ ނޯޓިސް ދީފި

ޖާހު އިންވެސްޓްމަންޓުން އިމާރާތް ކުރަމުންދާ ހައުސިންގ މަޝްރޫޢު ނިންމުމަށް 30 ދުވަހުގެ ނޯޓިސްއެއް ދީފައިވާކަމުގައި އަރބަންކޯއިން ބުނެފިއެވެ. އެގޮތުން މިއަދު އަރބަންކޯއިން ބުނީ 2017 ވަނަ އަހަރު ހުޅުމާލޭ...

06 Jun 2023 | 08:12

ޖާހު އިންވެސްޓްމަންޓުން އިމާރާތް ކުރަމުންދާ ހައުސިންގ މަޝްރޫޢު ނިންމުމަށް 30 ދުވަހުގެ ނޯޓިސްއެއް ދީފައިވާކަމުގައި އަރބަންކޯއިން ބުނެފިއެވެ.

އެގޮތުން މިއަދު އަރބަންކޯއިން ބުނީ 2017 ވަނަ އަހަރު ހުޅުމާލޭގައި މެދުފަންތީގެ ހައުސިންގ މަޝްރޫޢު ހިންގުމަށް ޖާހު އިންވެސްޓްމަންޓާއި ހަވާލު ކުރެވިފައިވާ މަޝްރޫޢު ނުނިމި ގިނަ ދުވަސްތަކެއް ވެފައިވާއިރު، މި މައްސަލަ އިތުރަށް ބެލުމަށް ފަހު ޖާހު އިންވެސްޓްމަންޓަށް މަސައްކަތް ނިންމުމަށާއި، އަރބަންކޯއަށް ދައްކަން ޖެހޭ ބިމުގެ އަގު ދެއްކުމަށް 30 ދުވަހުގެ މުއްދަތެއް ދީ ނޯޓިސް ވަނީ އެފަރާތަށް މިހާރު ދެވިފައި ކަމަށެވެ.

"މިގޮތަށް ނޯޓިސް ދިނުމުގެ ކުރިން،  އެކި ފަހަރުމަތިން މަސައްކަތްތައް ނިންމުމަށް ގިނަ ފުރުސަތުތަކެއް މި ކޯޕަރޭޝަނުގެ ފަރާތުން ޖާހު އިންވެސްޓްމަންޓަށް ވަނީ ދެވިފައިކަން ފާހަގަކުރަމެވެ" އަރބަންކޯއިން ބުނެފައިވެއެވެ.

ތަފްސީލް އަންނަނީ...

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް