ހައްޖު ދުވަހާއި އަޟްހާ އީދާ ގުޅިގެން 10 ވަރަކަށް ދުވަހުގެ ބޮޑު ބަންދެއް މި މަހުގެ ފަހު ހަފުތާގައި ލިބޭތީ، 22 ގެ ކުރިން ސަރުކާރުގެ މުވައްޒަފުންނަށް މުސާރަ ދިނުމަށް ފިނޭންސް މިނިސްޓްރީން ކަނޑައަޅައިފި އެވެ.
މި މަހުގެ މުސާރަ ޕްރޮސެސް ކުރާ އެންމެ ފަހު ދުވަހަކީ 22 ވަނަ ދުވަހުކަމަށްވެސް ފިނޭންސް މިނިސްޓްރީއިން ބުނެފައިވެއެވެ.
ފިނޭންސް މިނިސްޓްރީން އާންމުކުރި ސާކިއުލާގައި ވަނީ ސަރުކާރުގެ އިދާރާތަކުގެ އެކައުންޓިން ސޮފްޓްވެއާ ބޭނުންކޮށްގެން، އޮފީސްތަކުގެ މުސާރައިގެ ވައުޗަރުތައް މި މަހުގެ 19 ގެ ކުރިން ހުށަހެޅުމަށެވެ.
ސަރުވާރުގެ އޮފީސްތަކާއި އިދާރާތަކުން މުސާރަ އާންމުކޮށް ޖަމާކުރަނީ މަހުގެ 28-30 އާ ދެމެދުގައިވިނަމަވެސް، އެމްއެމްއޭ އިން ނިންމާފައި ވަނީ އެ ބޭންކާއި އެހެން ބޭންކުތައް މި މަހުގެ 26 ވަނަ ދުވަހުގެ ހެނދުނު 8:30 އިން މެންދުރު 2:00 ހުޅުވާ ގޮތަށެވެ.
ކަލަންޑަރުގައިވާ ގޮތުން މި އަހަރުގެ ހައްޖު ދުވަހަކީ މި މަހުގެ 27 ވަނަ ދުވަހެވެ. އަދި އަޟްހާ އީދު ދުވަހަކީ މި މަހުގެ 28 ވަނަ ދުވަހުގެ ގޮތުގައެވެ. އެގޮތުން އީދު ދުވަހުގެ މުނާސަބަތާ ގުޅިގެން ތިން ދުވަސް ބަންދު ކަމަށް ކަލަންޑަރުގައި ވަނީ ކަނޑައަޅައިފަ އެވެ. ނަމަވެސް ހައްޖު ދުވަހުގެ ކުރިން އަންނަ 25،26 ވަނަ ދުވަސް ވެސް ބަންދުކުރަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނިންމާފައެވެ. ވީއިރު ހައްޖު ދުވަހާއި އީދު ދުވަހާ ގުޅިގެން ހަފުތާ ބަންދު ދުވަސްތަކާ އެކު ބޮޑު ބަންދެއް ވަނީ ލިބިފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް