އުކުޅަހަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރައީސް މާލެ ވަޑައިގެންފި

ތިމާވެށީގެ ދުވަސް ފާހަގަކުރުމަށް ބޭއްވެވި ޙަރަކާތްތަކުގައި ބައިވެރިވެވަޑައިގެންނެވުމަށް، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، އއ. އުކުޅަހަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށް...

06 Jun 2023 | 07:27

ތިމާވެށީގެ ދުވަސް ފާހަގަކުރުމަށް ބޭއްވެވި ޙަރަކާތްތަކުގައި ބައިވެރިވެވަޑައިގެންނެވުމަށް، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، އއ. އުކުޅަހަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މިއަދު މާލެ ވަޑައިގެންފިއެވެ.

2023 ވަނަ އަހަރުގެ ދުނިޔޭގެ ތިމާވެށީގެ ދުވަހުގެ މުނާޞަބަތުގައި ބޭއްވެވި ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މި ސަރުކާރުގެ އަމާޒަކީ ދިވެހިރާއްޖޭގައި ހަކަތަ އުފެއްދުމަށް ތެލަށް ބަރޯސާވުން ނިމުމަކަށް ގެނަސް، ތިމާވެށްޓާއި ރައްޓެހި ގޮތްގޮތަށް ހަކަތަ އުފައްދައި، ބޭނުންކުރާ ޤައުމަކަށް ބަދަލުކުރުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ އއ. އުކުޅަހަށް ކުރެއްވި މި ދަތުރުފުޅުގައި “ބީޓް ޕްލާސްޓިކް ޕޮލިއުޝަން" ފެސްޓިވަލަށް އެމަނިކުފާނު ޒިޔާރަތްކުރެއްވެވިއެވެ. މި ފެސްޓިވަލުގައި ކުނި ރިސައިކަލް ކުރުމާއި، ކުނި ނައްތާލުމާއި، ކުނި ވަކިކުރުމާ ބެހޭ ގޮތުން މަޢުލޫމާތު ދިނުމުގެ އިތުރުން ރީސައިކަލްކޮށްފައިވާ ޕްލާސްޓިކުން ހަދާފައިވާ ޑިސްޕްލޭތައް ދައްކާލާފައިވެއެވެ.

ދެ ދުވަހުގެ މި ދަތުރުފުޅުގައި މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާ ވަނީ އއ. އުކުޅަހުގެ ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއާ ވެސް ބައްދަލުކުރައްވާފައެވެ. މި ބައްދަލުކުރެއްވުމުގައި ރަށުގެ އިޤްތިޞާދީ ތަރައްޤީއާއި، ރަށުގެ ރައްޔިތުންގެ ކަންބޮޑުވުންތަކާ ބެހޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރައްވާފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް