ރިފްއަތުގެ އިތުބާރު ނެތް މައްސަލަ މިވަގުތަށް ކުރިޔަށް ނުގެންދަން ނިންމައިފި

އެޓާނީ ޖެނެރަލް އިބްރާހިމް ރިފްއަތުގެ އިތުބާރު ނެތްކަމުގެ މައްސަލަ މިވަގުތަށް ކުރިޔަށް ގެންދަން ނުފެންނަކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ނިންމަވައިފި އެވެ. އޭޖީގެ އިތުބާރުނެތް މ...

06 Jun 2023 | 06:34

އެޓާނީ ޖެނެރަލް އިބްރާހިމް ރިފްއަތުގެ އިތުބާރު ނެތްކަމުގެ މައްސަލަ މިވަގުތަށް ކުރިޔަށް ގެންދަން ނުފެންނަކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ނިންމަވައިފި އެވެ.

އޭޖީގެ އިތުބާރުނެތް މައްސަލަ މަޖިލީހަށް ވެއްދީ ނަޝީދަށް ތާއީދު ކުރައްވާ މެމްބަރުން ހިމެނޭހެން އިދިކޮޅު މެމްބަރުންނެވެ. އެއީ ޗާގޮސް މައްސަލައިގަ އަމަލު ކުރެއްވި ގޮތާއި މެދު ހިތްހަމަ ނުޖެހިގެންނެވެ.

މިދިޔަ ބުދަ ދުވަހު، އިއްޔެ އަދި މިއަދުގެ ޖަލްސާއަށް އެޖެންޑާކޮށްފައި އޮތީ އެ މައްސަލަ އެވެ. އެކަމަކު އިއްޔެ އާއި މިއަދު ޖަލްސާގައި ނިޒާމީ ނުކުތާތަކާއި ހެދި މައްސަލަ ކުރިޔަށް ނުގެންދެވުނު އިރު މިއަދު ވަނީ ބަންޑާރަ ނައިބުގެ މައްސަލަ އާއި ގުޅޭ އިމްތިޔާޒުގެ މައްސަލައެއް ހުށަހަޅާފައި އެވެ.

އިތުބާރުނެތްކަމުގެ ވޯޓުގެ މައްސަލަ މިވަގުތަށް ކުރިޔަށް ނުގެންދަން ނަޝީދު ނިންމެވީ އިމްތިޔާޒުގެ މައްސަލައާއި ގުޅޭގޮތުން ގޮތެއް ނުނިންމޭތީކަމަށް ވިދާޅުވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް