ހުޅުމާލޭގައި ކާރު އެކްސިޑެންޓެއް، ޕާކުކޮށްފައި ހުރި ވެހިކަލްތަކަކަށް ގެއްލުންވި

ހުޅުމާލޭގައި ކާރެއް އެކްސިޑެންޓުވެ ޕާކް ކޮށްފައި ހުރި ވެހިކަލްތަކަކަށް ގެއްލުން ވެއްޖެ އެވެ. މި އެކްސިޑެންޓު ހިނގީ ނިރޮޅުމަގުގައި އެވެ. ފުލުހުންނަށް މައްސަލަ ރިޕޯޓު ކުރީ ރޭ 8:52 ހާއިރު އެވެ. ފުލުހުންގ...

06 Jun 2023 | 05:44

ހުޅުމާލޭގައި ކާރެއް އެކްސިޑެންޓުވެ ޕާކް ކޮށްފައި ހުރި ވެހިކަލްތަކަކަށް ގެއްލުން ވެއްޖެ އެވެ.

މި އެކްސިޑެންޓު ހިނގީ ނިރޮޅުމަގުގައި އެވެ. ފުލުހުންނަށް މައްސަލަ ރިޕޯޓު ކުރީ ރޭ 8:52 ހާއިރު އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ބާރު ސްޕީޑުގައި ދުއްވި ކާރު އެކްސިޑެންޓުވީ ޕާކުކޮށްފައި ހުރި ސައިކަލްތަކެއްގައި ޖެހިގެން ކަމަށެވެ. މި ހާދިސާގައި ހަ ސައިކަލާއި ބައިސްކަލަކަށް ގެއްލުންވި އެވެ.

މީޑިއާ އޮފިޝަލް ވިދާޅުވީ އެކްސިޑެންޓުގައި އެއްވެސް މީހަކަށް ގެއްލުމެއް ވެފައި ނުވާ ކަމަށެވެ.

މި އެކްސިޑެންޓު ފުލުހުން ތަހުގީގު ކުރަމުންދާ ކަމަށް ވިދާޅުވި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް