ރަޝިޔާގެ ރައީސް ވްލަޑްމިއަރ ޕޫޓިންގެ ފޭކު މެސެޖެއް ފޮނުވައިގެން އެ ޤައުމުގެ ޓީވީ އާއި ރޭޑިއޯ ސްޓޭޝަންތައް ހެކް ކޮށްފިއެވެ.
ބައިނަލް އަޤްވާމީ ނޫސްތަކުގައި ރިޕޯޓުކޮށްފައިވާ ގޮތުން ޔުކްރޭންގެ ހެކަރުން ވަނީ އާޓިފިޝަލް އިންޓެލިޖެންސް ބޭނުންކޮށްގެން ރަޝިޔާގެ ރައީސް ވްލަޑްމިއަރ ޕޫޓިންގެ ފޭކު މެސެޖެއް ފޮނުވައިގެން ހިފާފައިވާ ރަޝިޔާގެ ކްރައިމިއާގެ ޓީވީ އާއި ރޭޑިއޯ ސްޓޭޝަންތައް ހެކް ކޮށްފައެވެ.
އެގޮތުން ޔުކްރޭނުން ވަނީ މެސެޖެއްދީ ރަޝިޔާގެ ޓީވީ ސްޓޭޝަން ތައް ހެކްކޮށް އުޑުމަތީގައި ފަޔަރ ޖެޓުތައް ދަތުރުކުރާ މަންޒަރު ދައްކާފައެވެ.
މިކަމަށް އިޝާރާތްކޮށް ކްރެމްލިން އިން އައްޔަންކުރި ކްރައިމިއާގެ ވެރިޔާގެ އެޑްވައިޒަރ އޮލެގް ކްރިއުޗްކޯވް ވަނީ އާދީއްތަ ދުވަހު ނެރުނު ބަޔާނެއްގައި އެކަން ކަށަވަރުކޮށްދީފަ އެވެ. "ކްރައިމިއާގެ ބައެއް ކޭބަލް އޮޕަރޭޓަރުންގެ ބްރޯޑްކާސްޓްތައް ވަނީ ހެކްކޮށްފައި،" ކްރިއުޗްކޯވް ވިދާޅުވި އެވެ.
އަދި ސްޓޭޝަންތަކުގެ ކޮންޓްރޯލް އަލުން ކަމާބެހޭ ފަރާތްތަކުން ހޯދާފައިވާ ކަމަށް ކްރިއުޗްކޯވް ވިދާޅުވެފައި ވެއެވެ.
މިއީ ހަނގުރާމަ ފެށުނު ފަހުން ޔޫކްރޭންގެ ސައިބަރ ވޭރިއާރސް ރަޝިޔާގެ ޓީވީ ޗެނަލްތައް ހެކް ކުރި ފުރަތަމަ ފަހަރަށް ނޫނެވެ. މިގޮތުން 2022 ވަަނަ އަހަރުގެ އެޕްރީލް މަހާއި މިދިޔަ ފެބްރުއަރީ މަހު ވެސް ޔުކްރޭނުން ވަނީ ރަޝިޔާގެ ޓީވީ ޗެނަލްތައް ހެކްކޮށްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް