އިމްރާން ދުވަސް ފެއްޓެވީ ރައީސް ޞާލިހަށް ކާމިޔާބަށް އެދި ދުޢާ ދަންނަވަމުން

އަދާލަތު ޕާޓީގެ ރައީސް އަދި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ދުވަސް ފެއްޓެވީ ރައީސް އިބްރާހިމް މުހައްމަދު ޞާލިހަށް ކާމިޔާބަށް އެދި ދުޢާ ދަންނަވަމުންނެވެ. އަންނަ ސެޕްޓެމްބަރު މަހު ބާއްވަން ހަމަޖެހިފައި...

06 Jun 2023 | 04:11

އަދާލަތު ޕާޓީގެ ރައީސް އަދި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ދުވަސް ފެއްޓެވީ ރައީސް އިބްރާހިމް މުހައްމަދު ޞާލިހަށް ކާމިޔާބަށް އެދި ދުޢާ ދަންނަވަމުންނެވެ.

އަންނަ ސެޕްޓެމްބަރު މަހު ބާއްވަން ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބަށް އަދާލަތު ޕާޓީން މިހާރު ވެސް ދަނީ ވެރިކަންކުރާ އެމްޑީޕީ އާއި ކޯލިޝަން ހަދާ، ރައީސް އިބްރާހިމް މުހައްމަދު ޞާލިހަށް ތާއީދު ކުރައްވަމުންނެވެ.

އެގޮތުން އިމްރާން މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އިންސާނުންނަށް އޮންނަނީ ގަދަ އަޅާ މަސައްކަތް ކުރުން ކަމަށެވެ. އަދި ކާމިޔާބު ދެއްވާނީ މާތް ﷲ ކަމަށެވެ.

މީގެ އިތުރުން ރައީސް އިބްރާހިމް މުހައްމަދު ޞާލިހް އާއި އެމަނިކުފާނުގެ ޓީމުން ކުރާ ހެޔޮ ރަނގަޅު މަސައްކަތްތަކަށް ކާމިޔާބު ދެއްވުމަށް އިމްރާންގެ ޓްވީޓްގައި ވަނީ އެދިފައެވެ.

https://twitter.com/ShimranAb/status/1665857772963913730

އަންނަ ސެޕްޓެމްބަރު މަހު ބާއްވަން ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބަށް އަދާލަތު ޕާޓީން މިހާރު ވެސް ދަނީ ރައީސް ޞާލިހާއި އެކު ކޯލިޝަން ހަދާ، ކެމްޕޭނަށް ތައްޔާރީތައް ވަމުންނެވެ.

މިގޮތުން އަދާލަތުން އެ ޕާޓީގެ 3 ވަަނަ ދައުރުގެ މަޝްވަރާ މަޖިލީހުގެ 23 ވަނަ ބައްދަލުވުމުގައި ވަނީ ރިޔާސީ އިންތިޚާބުގެ އެޕާޓީގެ ކެމްޕޭން މެނޭޖަރަކަށް ޕާޓީގެ ނައިބު ރައީސް މުހައްމަދު އިޔާދު ހަމީދު ހަމަޖައްސައި އިންތިޚާބުގައި ޢަދާލަތު ޕާޓީގެ ފަރާތުން ކެމްޕޭނު ވިލަރެސް ކުރުމަށްޓަކައި ސްޓިއަރިންގ ކޮމިޓީގެ ގޮތުގައި 13 މެންބަރުންގެ މައްޗަށް އެކުލެވޭ ކޮމީޓީއެއް އެކުލަވާލާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް