މާ ބަރުކޮށް ދަތުރުކުރި ދޯންޏެއް މެރިން ޕޮލިހުން ހުއްޓުވައިފި

މާ ބަރުކޮށްގެން ދަތުރުކުރަމުންދިޔަ ދޯންޏެއް ދިވެހި މެރިން ޕޮލިހުން ހުއްޓުވައިފިއެވެ. މިކަން ހާމަކޮށް މެރިން ޕޮލިހުން ބުނެފައިވަނީ ލ. އަތޮޅުން ފުރައިގެން މާލެ ދަތުރުކުރަމުންދިޔަ އުޅަނދެއް މާ ބަރުކޮށް މ...

05 Jun 2023 | 19:07

މާ ބަރުކޮށްގެން ދަތުރުކުރަމުންދިޔަ ދޯންޏެއް ދިވެހި މެރިން ޕޮލިހުން ހުއްޓުވައިފިއެވެ.

މިކަން ހާމަކޮށް މެރިން ޕޮލިހުން ބުނެފައިވަނީ ލ. އަތޮޅުން ފުރައިގެން މާލެ ދަތުރުކުރަމުންދިޔަ އުޅަނދެއް މާ ބަރުކޮށް މުދާ އަރުވައިގެން ދަތުރުކުރާކަމަށް މިރޭ މައުލޫމާތު ލިބުމުން އެކަން ހުއްޓުވާފައިވާނެ ކަމަށެވެ.

"މި މައްސަލައާއި ގުޅިގެން އުޅަނދުގެ ކައްޕިއަށް ގުޅައި، އެންމެ ކައިރި ބަނދަރަކަށް ވެއްދުމަށާއި ދަތުރު އިތުރަށް ކުރިއަށް ނުގެންދިއުމަށް ވާނީ އެންގިފަ" މެރިން ޕޮލިހުން ބުނެފައިވެއެވެ.

މެރިން ޕޮލިހުން އިތުރަށް ނަސޭހަތްތެރިވެފައިވަނީ މި ދުވަސްވަރަކީ މޫސުން ގޯސް ދުވަސްވަރަކަށް ވާތީ ކަނޑުމަތީގެ ހިތާމަވެރި ހާދިސާތަކުގައި މުދަލަށް ބޮޑެތި ގެއްލުންތައް ލިބެމުންދާ ދުވަސްވަރަކަށްވެސް ވތީ ކަނޑުދަތުރު ކުރައްވާ ފަރާތްތަކުން ރައްކާތެރިކަމުގެ އެންމެހައި ފިޔަވަޅުތައް އެޅުމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް