މިދިޔަ މަހުވެސް ރާއްޖޭގައި އަރިދަފުސް ރޯގާ އާއި ޑެންގީ އަދި ބޭރަށް ހިންގުން އިތުރުވެފައިވާ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގަފާސް ހިސާބު ތަކުން ދައްކައިފި އެވެ.
އެޗްޕީއޭގެ ތަފާސް ހިސާބުދައްކާގޮތުން މިދިޔަ މަހު 13،361 މީހަކަށް އަރިދަފުސް ރޯގާ ޖެހުނު އިރު، 185 މީހަކު ހުން އައިސްގެން ރިޕޯޓުކޮށްފައިވެ އެވެ. ބޭރަށް ހިންގުމާއި ހޮޑުލުމުގެ ބަލި 1،824 މީހަކަށް ޖެހުނެވެ.
އެޗްޕީއޭއިން ބުނީ މި އަދަދުތަކަކީ މިދިޔަ އަހަރުގެ މެއި މަހާ އަޅާ ބަލާއިރު އިތުރު އަދަދެއް ކަމަށެވެ. އަދި އޭޕްރިލް މަހާއި އަޅާ ބަލާއިރުވެސް މިދިޔަ މަހު އަރިދަފުސް ރޯގާ އާއި ޑެންގޫ އަދި ހުން އައިސްގެން ޑޮކްޓަރަށް ދެއްކި މީހުންގެ އަދަދު އިތުރެވެ.
އެކަމަކު މިދިޔަ މަހު ފާނަ ބަސަންދު އަދި ލޮލު ރޯގާ ފަދަ ބަލިތައް އިތުރު ނުވާ ކަމަށް އެޗްޕީއޭ އިން ބުންޏެވެ.
އާންމުކޮށް ފެތުރޭެ މިފަދަ ބަލިތައް ކޮންޓްރޯލް ކުރުމަސް އެޗްޕީއޭއިން ދަނީ ފަރުދީ ޒިންމާ އަދާކުރުމަށް އިލްތިމާސް ކުރަމުންނެވެ. އަދި މަދިރި ކޮންޓްރޯލް ކުރުމަށް ހާއްސަ ކެމްޕެއިނެއް އެޗްޕީއޭއިން ފަށާފައިވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް