ކުމުންދޫ ފެރީ ހަޓްގެ މަސައްކަތް ފަށައިފި

ހދ. ކުމުންދޫ ފެރީ ހަޓުގެ މަސައްކަތް ފަށައިފި އެވެ. މި މަސައްކަތަކީ ކުމުންދޫގައި ޤާއިމުކުރާ ފެރީ ސްޓޮޕްގެ މަސައްކަތްތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ. މި މަސައްަތް ފެށީ މިމަހުގެ އެއް ވަނަ ދުވަހު ކަމަށެވެ...

06 Jun 2022 | 08:53

ހދ. ކުމުންދޫ ފެރީ ހަޓުގެ މަސައްކަތް ފަށައިފި އެވެ.

މި މަސައްކަތަކީ ކުމުންދޫގައި ޤާއިމުކުރާ ފެރީ ސްޓޮޕްގެ މަސައްކަތްތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ. މި މަސައްަތް ފެށީ މިމަހުގެ އެއް ވަނަ ދުވަހު ކަމަށެވެ. މައުލޫމާތުދެ އެވެ.

އެމްޓީސީސީން މިއަދު ބުނީ މި ފެރީ ސްޓޮޕްގައި ކިއޮސްކް އަކާއި، ވެއިޓިންގް އޭރިއާއެއްގެ އިތުރުން ފާޙަނާވެސް ހުންނާނެ ކަމަށެވެ.

މީގެ އިތުރުން އެމްޓީސީސީން ބުނީ މި ފެރީ ސްޓޮޕްއަކީ "އިންޓަރގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވޯރކް" މަޝްރޫޢުގެ އާރްޓީއެލްގެ ފުރަތަމަ ފިޔަވަހީގެ ޒޯން 1 ގެ ދަށުން ޤާއިމުކުރެވޭ ފެރީސްޓޮޕެއް ކަމަށެވެ.

މީގެ ކުރިންވެސް އެ ކުންފުނިން ވަނީ ހދ. އަތޮޅުގެ އެކި ރަށްރަށުގައި ފެރީ ހަޓްތައް ހަދާފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް