އާދަޔާ ޚިލާފު ލޭންތަކެއްގެ ތެރޭގައި ޓްރޮލިން ނުވަތަ ގްލޭސިއާތަކުގެ ފިނި ފެނުގެ ތެރޭގައި ދިރިއުޅޭ ޕެންގުއިންތައް ދައްކުވައިދޭ ވީޑިއޯތަކަކީ އަބަދުވެސް އާންމުންގެ ބޮޑު ސަމާލުކަމެއް ލިބޭ ވީޑިއޯތަކެކެވެ.
މިދިޔަ ހޮނިހިރު ދުވަހު ޓްވިޓާގައި ވައިރަލްވި ވީޑިއޯއެއްގައި، ކޮކާލެއްގެ ފަހަތުން ޕެންގުއިންގެ ބައިގަނޑެއް ހަރަކާތްތެރިވާ ވީޑިއޯއަކަށް ވަނީ ބޮޑު ސަމާލުކަމެއް ލިބިފައެވެ.
މި ވީޑިއޯ ކްލިޕް ނަގާފައިވާ ތާރީޚެއް އެނގެން ނެތް އިރު ވީޑިއޯ ކްލިޕްނަގާފައި ވަނީ ކޮންތާކު ކަން އަދި ސާފެއް ނުވެއެވެ.
ޓްވިޓާގައި ޝެއާ ކޮށްފައިވާ ޕެންގުއިންގެ މި ވީޑިއޯ ކްލިޕަށް މިހާތަނަށް ހަތަރު މިލިއަނަށްވުރެ ގިނަ ވިއުސް ވަނީ ލިބިފައެވެ. އަދި ބައެއް މީހުން ވަނީ ޕެންގުއިންގެ ވީޑިއޯ ކްލިޕަށް އެކި އެކި ކޮމެންޓު ކޮށްފައެވެ.
https://twitter.com/buitengebieden/status/1533022340887486466
އެގޮތުން އެ ވީޑިއޯ އަށް ކޮމެންޓު ކުރި އެކަކު ބުނީ ވީޑިއޯ އިން ފެންނަ ކޮކާލުގެ އުދުހުމުގެ ކުޅަދާނަކަން ދައްކައި ޕެންގުއިންތަކަށް ފުރައްސާރަ ކުރަނީ ކަމަށެވެ.
އެހެން މީހަކު ބުނީ މިއީ މިއަދު އިންޓަނެޓުން ފެނުނު އެންމެ މޮޅު ވީޑިއޯ ކަމަށެވެ.
މީގެ އިތުރުން ކޮމެންޓު ކުރި އެހެން މީހަކު ބުނީ އެންމެ މުހިންމު ކަމަކީ ތިބާގެ ހުވަފެންތައް ހަގީގަތަކަށް ނުވިޔަސް ފަހަތުން ދުވުން ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް