ނޫމަރާގައި ދަރިފުޅު މަރާލި މަންމައަށް އަދަބު ކަނޑައެޅުން ފަސްކޮށްފި

ށ. ނޫމަރާގައި އުމުރުން ހަ އަހަރުގެ ފާތިމަތު ޝައިހާ މަރާލި މައްސަލަ ސާބިތުވި ކުއްޖާގެ މަންމައަށް އަދަބު ކަނޑައެޅުން ފަސްކޮށްފި އެވެ. ރަހުމު ކުޑަގޮތަށް އޭނާ ދަރިފުޅު މަރާލީ2016 ވަނަ އަހަރު އެވެ. މި މައް...

06 Jun 2022 | 06:45

ށ. ނޫމަރާގައި އުމުރުން ހަ އަހަރުގެ ފާތިމަތު ޝައިހާ މަރާލި މައްސަލަ ސާބިތުވި ކުއްޖާގެ މަންމައަށް އަދަބު ކަނޑައެޅުން ފަސްކޮށްފި އެވެ.

ރަހުމު ކުޑަގޮތަށް އޭނާ ދަރިފުޅު މަރާލީ2016 ވަނަ އަހަރު އެވެ. މި މައްސަލައިގަ ޝާހިދާގެ މައްޗަށް ދައުލަތުން އުފުލީ އެނގިހުރެ މީހަކު މެރުމުގެ ކުށުގެ ދައުވާ އެވެ.

ހެއްކާއި ގަރީނާތަކަށް ބަލައި އޭނާގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ކްރިމިނަލް ކޯޓުން ހުކުމް ކުރީ މިދިޔަ މަހުގެ22 ވަނަ ދުވަހު އެވެ. މި މައްސަލައިގަ ކުށް ސާބިތުވީ ށ. ފުނަދޫ ދިނަށަ، އައިމިނަތު ޝާހިދާގެ މައްޗަށެވެ.

ޝާހިދާގެ މައްޗަށް އަދަބު ކަނޑައެޅުމަށް ކްރިމިނަލް ކޯޓުގައި ޝަރީއަތުގެ މަޖިލީހެއް މިއަދަށް ތާވަލްކުރި ނަމަވެސް މިއަދުގެ މަޖިލިސް އަންނަ ބުދަ ދުވަހު ކުރިއަށް ގެންދިއުމަށް މިހާރު ވަނީ ނިންމާފަ އެވެ. ކޯޓުން އެގޮތަށް ނިންމީ މައްސަލައާ ގުޅޭ އިތުރު މީހެއްގެ ހެކިބަސް ނެގުމަށެވެ.

ކުއްޖާގެ ވާރިސްގެ ގޮތުގައި ހުރި ހަމައެކަނި މީހާ ކޯޓުގައި ބުނެފައިވަނީ ޝާހިދާއަށް މަރަށް މަރު ހިފަންވެސް އަދި މަރުގެ ދިޔަ ވެސް ބޭނުން ނުވާ ކަމަށެވެ. އެހެންކަމުން ޝާހިދާގެ މައްޗަށް ކޯޓުން އިއްވާނީ ޖަލު ހުކުމެކެވެ.

ޝައިހާއަށް ލިބިފައިވާ ޒަހަމްތަކަށް ބަލާއިރު، ކަރުގެ ތިން ތަނަކަށާއި ކޮނޑުހުޅާ ދިމާލުން ހަތަރު ތަނަކަށް އަދި ކަނާތުގެ ދެ ތަނަކަށާއި ދަތްދޮޅިއަށް ޝާހިދާ ވަނީ ހަމަލާ ދީފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް