ރަސޫލާއަށް ފުރައްސާރަ ކުރި އިންޑިއާގެ ބީޖޭޕީ ލީޑަރުންނަށް ފިޔަވަޅު އަޅައިފި

އިންޑިއާގެ ވެރިކަން ކުރާ ބީޖޭޕީގެ ދެ ލީޑަރަކު ކީރިތި ރަސޫލައަށް ފުރައްސާރަ ކުރި މައްސަލައިގަ އެ ދެ މީހުންނަށް ފިޔަވަޅު އަޅައިފި އެވެ. ރަސޫލާއަށް ފުރައްސާރަ ކުރީ އެ ޕާޓީގެ ގައުމީ ތަރުޖަމާނު ނޫޕޫރު ޝަރް...

06 Jun 2022 | 06:09

އިންޑިއާގެ ވެރިކަން ކުރާ ބީޖޭޕީގެ ދެ ލީޑަރަކު ކީރިތި ރަސޫލައަށް ފުރައްސާރަ ކުރި މައްސަލައިގަ އެ ދެ މީހުންނަށް ފިޔަވަޅު އަޅައިފި އެވެ.

ރަސޫލާއަށް ފުރައްސާރަ ކުރީ އެ ޕާޓީގެ ގައުމީ ތަރުޖަމާނު ނޫޕޫރު ޝަރްމާ އާއި ވެރިރަށް ނިއު ދިއްލީގެ ބީޖޭޕީގެ މީޑިއާ އިންޗާޖް ނަވީން ކުމާރު ޖިންދާލްއެވެ. މި މައްސަލައިގަ ފިޔަވަޅުއަޅާފައި މިވަނީ ސަރުކާރާއި ދެކޮޅަށް އިންޑިއާގެ މުސްލިމުން ނުރުހުން ފާޅުކޮށް އިސްލާމީ ގައުމުތަކުގެ ފާޑުކިޔުން އިންޑިއާއަށް އަމާޒުވެފައި ވަނިކޮށެވެ.

ބީޖޭޕީން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އިންޑިއާގައި ދިގު ތާރީހެއް އޮތް އިރު، ބީޖޭޕީއަކީ ހުރިހާ ދީންތަކަށް ވެސް އިހްތިރާމް ކުރާ ޕާޓީއެއް ކަމަށެވެ. އެއްވެސް ދީނެއްގެ ޝަހުސިއްޔަތަކަށް ފުރައްސާރަ ކުރުމަކީ އެ ޕާޓީން ގަބޫލްކުރާ އުސޫލެއް ނޫން ކަމަށް އެ ބަޔާނުގައިވެއެވެ.

އިންޑިއާގައި ހަމަހަމަކަމާއެކު ދިރިއުޅުމުގެ ފުރުސަތު ކޮންމެ މީހަކަށް ވެސް ދިނުމުގައި ދެމި ތިބޭނެ ކަމަށް ބީޖޭޕީގެ ބަޔާނުގައިވެއެވެ.

އެމީހުންނަށް ފިޔަވަޅު އެޅުމުގެ ގޮތުން ބީޖޭޕީން ވަނީ ނޫރޫރު ސަސްޕެންޑު ކޮށްފަ އެވެ. އަދި ނަވީން ވަނީ ޕާޓީން ވަކިކޮށްފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް