ބީޖޭޕީގެ ތަރުޖަމާނު، ރަސޫލާއަށް ފުރައްސާރަކުރުން ގާސިމް ކުށްވެރިކޮށްފި

ކީރިތި ރަސޫލާ ﷺ  އަށް ފުރައްސާރަކޮށް އިންޑިއާގެ ވެރިކަންކުރާ ޕާޓީ، ބީޖޭޕީގެ ތަރުޖަމާނު ވާހަކަދެއްކި ދެއްކުން ގާސިމް އިބްރާހިމާއި އޭނާގެ ޕާޓީ ޖޭޕީން ކުށްވެރިކޮށްފިއެވެ. ގާސިމް މިކަން ހާމަކުރެއްވީ މިއަދ...

06 Jun 2022 | 03:57

ކީރިތި ރަސޫލާ ﷺ  އަށް ފުރައްސާރަކޮށް އިންޑިއާގެ ވެރިކަންކުރާ ޕާޓީ، ބީޖޭޕީގެ ތަރުޖަމާނު ވާހަކަދެއްކި ދެއްކުން ގާސިމް އިބްރާހިމާއި އޭނާގެ ޕާޓީ ޖޭޕީން ކުށްވެރިކޮށްފިއެވެ.

ގާސިމް މިކަން ހާމަކުރެއްވީ މިއަދު ފަތިހު ކުރެއްވި ޓްވީޓެއްގައެވެ.

އެ ޓްވީޓްގައި ގާސިމް ވިދާޅުވެފައިވަނީ އިންޑިއާގެ ވެރިކަންކުރާ ޕާޓީ، ބީޖޭޕީގެ ގެ ތަރުޖަމާނު ކީރިތި ރަސޫލާ ﷺ އަށް ފުރައްސާރަކޮށް ދެއްކި ވާހަކަ އެމަނިކުފާނާއި އެމަނިކުފާނުގެ ޕާޓީން އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކުރާކަމަށެވެ.

ރަސޫލާއަށް ފުރައްސާރަކުރުމަކީ ގާސިމްވެސް ހިމެނޭހެން ދުނިޔޭގެ އެތައް ބިލިޔަން މުސްލިމުންނެއް ހިތުގައި ޖެހޭނެކަމެއް ކަމުގައި ގާސިމްގެ ޓްވީޓްގައި ވިދާޅުވެފައިވެއެވެ.

ރަސޫލާއަށް ފުރައްސާރަކުރި މައްސަލައިގާ ބީޖޭޕީއިން ވަނީ އެ ޕާޓީގެ ތަރުޖަމާނު ނުޕޫރު ޝަރުމާ ސަސްޕެންޑް ކޮށްފައެވެ.

https://twitter.com/qasimibrahim/status/1533606472592277504

އެ ޕާޓިން އިއްޔެ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެއްވެސް ދީނެއްގެ ސަހުސިއްޔަތަކަށް ފުރައްސާރަކުރުމަކީ އެ ޕާޓީން ގަބޫލުކުރާ އުސޫލެއް ނޫންކަމަށެވެ. އަދި ޝަރުމާ ދެއްކި ވާހަކަތަކާއި މެދު ޕާޓީގެ ލީޑަޝިޕުން ކަންބޮޑުވާކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް