އައްޑޫ މާރާމާރީއާއި ގުޅިގެން 16 އަހަރުގެ ކުއްޖަކު ހައްޔަރުކޮށްފި

މި މަހުގެ ދެވަނަ ދުވަހުގެ އައްޑޫ ސިޓީގައި ހިންގި މާރާމާރީއެއްގައި މީހަކު މަރުވެފައިވާއިރު އެ މާރާމާރީއާއި ގުޅިގެން 16 އަހަރުގެ ކުޑަކުއްޖަކު ހައްޔަރުކޮށްފިއެވެ. މިއަދު މީޑިއާތަކަށް މައުލޫމާތުދެމުން ފުލ...

06 Jun 2022 | 03:29

މި މަހުގެ ދެވަނަ ދުވަހުގެ އައްޑޫ ސިޓީގައި ހިންގި މާރާމާރީއެއްގައި މީހަކު މަރުވެފައިވާއިރު އެ މާރާމާރީއާއި ގުޅިގެން 16 އަހަރުގެ ކުޑަކުއްޖަކު ހައްޔަރުކޮށްފިއެވެ.

މިއަދު މީޑިއާތަކަށް މައުލޫމާތުދެމުން ފުލުހުން ބުނެފައިވަނީ އެ މައްސަލައާއި ގުޅިގެން އައްޑޫ ސިޓީއިން 16 އަހަރުގެ ފިރިހެން ކުއްޖަކު ރޭގެ ވަގުތެއްގައި ހައްޔަރުކޮށްައިވާކަމަށާއި އެ ކުއްޖާ ހައްޔަރުކުރީ ކޯޓު އަމުރެއްގެ ދަށުން ކަމަށެވެ.

"އަދި ރަށުތެރޭގެ އަމަން ނަގާލަން އުޅުނުކަމުގެ ތުހުމަތުގައި 18 އަހަރުގެ ދެމީހަކާއި 29 އަހަރުގެ މީހަކު ރޭގެ ވަގުތެއްގައި ކޯޓު އަމުރެއްގެ ދަށުން ވަނީ ހައްޔަރުކޮށްފައި" ފުލުހުން ބުނެފައިވެއެވެެ.

އެ މާރާމާރީގައި ދުނިޔެ ދޫކުރީ އުމުރުން 21 އަހަރުގެ މުހައްމަދު ޒަޔާން މޫސާ ނަމަކަށް ކިޔާ ޒުވާނެކެވެ. އޭނާ މަރުވީ ލިބުނު އަނިޔާތަކަށް ފަރުވާދެމުންދަނިކޮށް އައްޑޫ އީކުއެޓޯރިއަލް ހޮސްޕިޓަލުގައެވެެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް