އޮޑިޓަރ ޖެނެރަލްކަމަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކޮށްފި

އޮޑިޓަރ ޖެނެރަލްކަމަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކޮށްފިއެވެ. ހުސްވި މި މަގާމަށް ކުރިމަތިލުމުގެ ފުރުސަތު އިތުރުކޮށްފައި ވަނީ މި ހިނގާ ޖޫން މަހުގެ16 ވަނަ ދުވަހުގެ ނިޔަލަށެވެ. ރައީސް އޮފީހުން ވިދާޅުވ...

06 Jun 2021 | 17:50

އޮޑިޓަރ ޖެނެރަލްކަމަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކޮށްފިއެވެ.

ހުސްވި މި މަގާމަށް ކުރިމަތިލުމުގެ ފުރުސަތު އިތުރުކޮށްފައި ވަނީ މި ހިނގާ ޖޫން މަހުގެ16 ވަނަ ދުވަހުގެ ނިޔަލަށެވެ.

ރައީސް އޮފީހުން ވިދާޅުވެފައިވާގޮތުގައި އޮޑިޓަރ ޖެނެރަލްކަމަށް ކުރިމަތިލުމަށް އެދޭ ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ، 2021 ޖޫން 15 އަދި 16 ވަނަ ދުވަހު ހެނދުނު 10:00 އިން މެންދުރު 12:30 އަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުންނެވެ. ‌‏އަދި، މި ފޯމު ‌‏ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެއެވެ. ‌‏ވެބްސައިޓުގެ އެޑްރެހަކީ ‏ ‏www.presidencymaldives.gov.mv‏ އެވެ.‏

އޮޑިޓަރ ޖެނެރަލްގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު މި މަގާމުގައި ހުންނެވި ހަސަން ޒިޔަތު ވަނީ އެ މަގާމުން އިސްތިއުފާ ދެއްވާފައެވެ.

މި މަހުގެ 12 ވަނަ ދުވަހު ޒިޔަތު އިސްތިއުފާ ދެއްވާފައިވަނީ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާ ލިބުނުކަމަށް ބުނެ މަޖިލީހުން އާންމުކޮށްފައިވާ ލިސްޓުގައި އޭނާގެ ނަން އޮތުމުންނެވެ.

އިސްތިއުފާގެ ސިޓީގައި ޒިޔަތު ވިދާޅުވިގޮތުގައި ދިވެހި ދައުލަތުގެ އޮޑިޓަރ ޖެނެރަލްގެ މަގާމުގައި އޭނާ މިވަގުތު ދެމިހުރުމަކީ، ދައުލަތާއި އޮޑިޓަރ ޖެނެރަލް އޮފީހުގެ ކަރާމަތާއި ގަދަރަށް އުނިކަން އަންނާނެ ކަމެއްކަމުގައި ދެކޭކަމަށެވެ. އެހެންކަމުން ތަހުޒީބު މުޖުތަމައު ތަކުގައި އަމަލު ކުރާ އުސޫލުން، ދިވެހި ދައުލަތުގެ އޮޑިޓަރ ޖެނެރަލްގެ މަގާމުން އިސްތިއުފާދެއްވާފައިވާކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް