ރާއްޖެއިން މިއަދު 412 މީހުން ކޮވިޑަށް ފައްސިވެފައިވާކަމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.
އެޗްޕީއޭއިން ބުނީ މިއަދު މާލެއިން ޕޮސިޓިވްވީ 239 މީހުން ކަމަށެވެ. އަތޮޅުތެރެއިން ޕޮސިޓިވްވެފައިވަނީ 162 މީހުންނެވެ. ދެން މިއަދު ކޯވިޑް ޖެހިފައިވަނީ ރިސޯޓުތަކުން 11މީހުންނެވެ.
މިއަދު ކޯވިޑަށް ޓެސްޓު ކޮށްފައިވަނީ 5،082 ސާމްޕަލެވެ.
މިވަގުތު ކޯވިޑް ޖެހިގެން 19،670 މީހުންނަށް ދަނީ ފަރުވާ ދެމުންނެވެ. އޭގެ ތެރެއިން ހޮސްޕިޓަލުގައި އެޑްމިޓް ކޮށްގެން ފަރުވާ ދެމުންް ދަނީ 166 މީހުންނަށެވެ.
ކޯވިޑް ޖެހުނު މީހުންްގެ ތެރެއިން ރަނގަޅުވެފައިވަނީ 48،086 މީހުންނެވެ. ރާއްޖެއިން ކޯވިޑްގައި މަރުވެފައިވަނީ 185 މީހުންނެވެ.
މިއަދުގެ ނިޔަލަށް ރާއްޖެއިން ކޯވިޑް-19 އަށް ޕޮސިޓިވް ވެފައިވަނީ 67،950 މީހުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް