ކަސްޓަމްސްގެ މުވައްޒަފުންގެ ފަރާތުން ފަލަސްޠީން ފަންޑަށް ބައި ލައްކަ ރުފިޔާ

ފަލަސްތީނުގައި ހާލުގައި ޖެހިފައިވާ އެޤައުމުގެ ލޮބުވެތި ރައްޔިތުންނަށް ކަސްޓަމްސް މުވައްޒަފުންގެ ފަރާތުން ހަދިޔާކުރި 50،000 ރުފިޔާގެ ފައިސާގެ އެހީއެއް އިންޓްނޭޝަނަލް އެއިޑް ކެމްޕެއިނާ މިއަދު ހަވާލުކޮށް...

06 Jun 2021 | 17:05

ފަލަސްތީނުގައި ހާލުގައި ޖެހިފައިވާ އެޤައުމުގެ ލޮބުވެތި ރައްޔިތުންނަށް ކަސްޓަމްސް މުވައްޒަފުންގެ ފަރާތުން ހަދިޔާކުރި 50،000 ރުފިޔާގެ ފައިސާގެ އެހީއެއް އިންޓްނޭޝަނަލް އެއިޑް ކެމްޕެއިނާ މިއަދު ހަވާލުކޮށްފިއެވެ.

ފަލަސްޠީނުގެ ރައްޔިތުންނަށްޓަކައި ކަސްޓަމްސްއިން ބައިލައްކަ ރުފިޔާ ފަަލަސްޠީން އެހީ ފަންޑަށް ހަދިޔާކޮށްފައި ވާއިރު، ވެމްކޯގެ މުވައްޒަފުންގެ ފަރާތުން ހަދިޔާކުރި ބައި ލައްކަ ރުފިޔާވެސް މިއަދު ވަނީ އިންޓަނޭޝަނަލް އެއިޑް ކެމްޕެއިންއާ ހަވާލުކޮށްފައެވެ.

ދިވެހިރާއްޖޭގެ އެކިއެކި މުއައްސަސާތަކާއި އަމިއްލަ ފަރުދުންވެސް ދަނީ ފަލަސްޠީނަށް އެހީވުމަށްޓަކައި އެކިއެކި މިންވަރުން ފައިސާގެ އެހީ ދެމުންނެވެ. އެގޮތުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިކަމަށް ފަންޑްފޮށި ބަހައްޓާފައި ވެއެވެ.

'ދިވެހިރާއްޖެ ފަލަސްތީނާއެކު' ގައި ތިބިކަން ހާމަކޮށްދިނުމުގެ ގޮތުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތަފާތު ހަރަކާތްތައް ވެއް ބާއްވާފައި ވެއެވެ.

ފަލަސްތީނުގެ ގައްޒާ ރައްޔިތުންނާއި އެކު ތިބިކަން ހާމަ ކުރުމަށް، މިދިޔަ މަހު ވަނީ ކަނޑުމަތީގައި ހަރަކާތެއްވެސް ކުރިޔަށް ގެންގޮސްފަ އެވެ.

އިސްރާއީލުން ޣައްޒާއަށް ދެމުންދާ ލާއިންސާނީ ހަމަލާތަކުގެ ރިޕޯޓުތައް ބުނާ ގޮތުގައި އެއްގަމު މަގުންނާއި ކަނޑުމަގުންނާއި ވައިގެ މަގުން އިސްރާއީލުން ޣައްޒާއަށް ދިން ޙަމަލާތަކުގައި މަރުވި މީހުންގެ ތެރޭގައި އެތައް ކުޑަކުދިންނަކާއި އަންހެނުން ވެސް ހިމެނޭ ކަމަށެވެ. އޭގެ އިތުރުން އެތައް ސަތޭކަ މީހުންވަނީ ޙަމަލާތަކުގައި ޒަޚަމުވެފައެވެ. އަދި ޣައްޒާގެ ޢިމާރާތްތަކަށާއި އެނޫންވެސް ޢުމުރާނީ ވަޞީލަތްތަކަށާއި އުޅަނދުފަހަރަށްވަނީ ބޮޑެތި ގެއްލުންތަކެއްވެފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް