ކޮވިޑްގައި އިތުރު މަރެއް، އަދަދު 185 އަށް

ކޮވިޑްގައި އިތުރު މީހަކު ނިޔާވެ، ރާއްޖެއިން ކޮވިޑްގައި ނިޔާވި މީހުންގެ ޖުމްލަ އަދަދު 185 އަށް އަރައިފިއެވެ. އެޗްޕީއޭއިން ބުނެފައިވާ ގޮތިގައި މިރޭ 07:40 ގައި ނިޔާވެފައި ވަނީ ހުޅުމާލެ މެޑިކަލް ފެސިލިޓީގ...

06 Jun 2021 | 17:02

ކޮވިޑްގައި އިތުރު މީހަކު ނިޔާވެ، ރާއްޖެއިން ކޮވިޑްގައި ނިޔާވި މީހުންގެ ޖުމްލަ އަދަދު 185 އަށް އަރައިފިއެވެ.

އެޗްޕީއޭއިން ބުނެފައިވާ ގޮތިގައި މިރޭ 07:40 ގައި ނިޔާވެފައި ވަނީ ހުޅުމާލެ މެޑިކަލް ފެސިލިޓީގައި އެޑްމިޓްކޮށްގެން ފަރުވާދެމުން ދިޔަ އުމުރުން 41 އަހަރުގެ ދިވެހި އަންހެނެއް ކަމަށެވެ.

https://twitter.com/HPA_MV/status/1401584010594160647

ކޯވިޑް ޖެހިގެން ރާއްޖެއިން އިތުރު ދެ މީހުން މިއަދު ނިޔާވެފައި ވެއެވެ.

މީގެ ތެރެއިން ފުރަތަމަ މަރުވެފައިވަނީ 93 އަހަރުގެ ދިވެހި ފިރިހެނެކެވެ. އެމީހާ މަރުވީ ރޭ ދަންވަރު 12:47 ގައި އެވެ.

ދެވަނައަށް މަރުވީ އުމުރުން 82 އަހަރުގެ ދިވެހި އަންހެނެކެވެ. އެމީހާ މަރުވީ މިއަދު ހެނދުނު 8:00 ގައި އެވެ.

މި ދެމީހުންނަށްވެސް މަރުވި އިރު ފަރުވާ ދެމުން ދިޔައީ ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި އެވެ.

މިއަދު މިހާތަނަށް މަރުވި ދެ މީހުންނާއި ރާއްޖެއިން ކޯވިޑްގައި މަރުވި މީހުންގެ އަދަދު ވަނީ 185 އަށް އަރާފައި އެވެ.

އިއްޔެ ރާއްޖެއިން ކޯވިޑް ޖެހިގެން މަރުވެފައިވަނީ ހަތަރު މީހުންނެވެ.

ރާއްޖެއިން މިހާތަނަށް ކޯވިޑަށް 67،950 މީހުން ޕޮސިޓިވްވެ އެވެ. އޭގެ ތެރެއިން 19،670 މީހުންނަށް ދަނީ ކޯވިޑް ޖެހިގެން ފަރުވާ ދެމުންނެވެ.

ބަލިން ރަނގަޅުވެފައިވަނީ 48،086 މީހުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް