މިޝްކާގެ މަރުގެ މައްސަލައިގާ އިންސާފު ހޯދައިދޭން ޓޯޓަލް ލީގަލް ސޮލިއުޝަނުން ތެދުވެއްޖެ

ރާއްޖޭގެ ސިއްހީ ނިޒާމުގެ އިހުމާލުގެ ސަބަބުން ކޮވިޑުގައި ނިޔާވި އުމުރުން 11 އަހަރުގެ ފާތިމަތު މިޝްކާގެ މަރުގެ މައްސަލައިގާ އިންސާފު ހޯދައިދިނުމަށް ޓޯޓަލް ލީގަލް ސޮލިއުޝަނުން މަސައްކަތް ފަށައިފިއެވެ. ދު...

06 Jun 2021 | 16:21

ރާއްޖޭގެ ސިއްހީ ނިޒާމުގެ އިހުމާލުގެ ސަބަބުން ކޮވިޑުގައި ނިޔާވި އުމުރުން 11 އަހަރުގެ ފާތިމަތު މިޝްކާގެ މަރުގެ މައްސަލައިގާ އިންސާފު ހޯދައިދިނުމަށް ޓޯޓަލް ލީގަލް ސޮލިއުޝަނުން މަސައްކަތް ފަށައިފިއެވެ.

ދުވަހަށް މައުލޫމާތުދެއްވަމުން ޓޯޓަލް ލީގަލް ސޮލިއުޝަންގެ ގާނޫނީ ވަކީލު އިސްމާއިލް މުހައްމަދު ވިދާޅުވީ މި ކަން އެ ލޯ ފާމުން ފަށާފައިވަނީ "ޕްރޯ ބޯނޯ ޕަބްލިކޯ" ބޭސިސްކޮށް ކަމަށެވެ. ޕްރޯ ބޯނޯ ޕަބްލިކޯ ބޭސިސް އަކީ އެއްވެސް އަގަކާ ނުލާ، އަދި މުޖްތަމައުގެ ލާބައަށްޓަކައި މަސައްކަތްކުރާ އުސޫލެކެވެ.

އިސްމާއިލް މުހައްމަދު ވިދާޅުވީ މިކަމުގައި މިހާރު މަސައްކަތް ފަށާފައިވާކަމަށާއި މައިގަނޑު މިސްރާބު ހުރީ އިހުމާލުގެ ޖިނާއީ ތަހުގީގުގެ ބަޔާއި ބަދަލު ހޯދުމަށް ސިވިލް ކޯޓުގައި ދައުވާ ކުރުމުގެ އިތުރުން އެޗްއާރުސީއެމް އަށް މައްސަލަ ހުށަހަޅައިގެންވެން މައްސަލަ ކުރިއަށްގެންދިއުން ކަމަށެވެ.

އޭނާ އިތުރަށް ވިދާޅުވީ މިހާރު މަސައްކަތް ފަށާފައިވާއިރު ލިބޭ ކުރިއެރުންތަކާއި ކުރެވޭ މަސައްކަތްތައް މީޑިއާއާއި ހިއްސާކުރައްވަމުން ގެންދަވާނެކަމަށެވެ.

މިޝްކާގެ މަރުގެ މައްސަލައިގާ ބޮޑެތި އިހުމާލުތަކެއް ހުރިކަން، ހެލްތު މިނިސްޓްރީން އާންމުކުރި މަރުގެ ރިވިއުއިން ފާހަގަވެގެން ގޮސްފައިވެއެވެ. އެގޮތުން އެމްބިއުލާންސް ފޮނުވައިފިކަމަށްބުނެ ދެ ގަޑިއިރާއި 26 މިނެޓު ވަންދެން ދޮގުހެދި ކަމާއި އެންމެ ފަހުން އެމްބިއުލާންްސް ފޮނުވީ އާއިލާގެ ފަރާތުން މީހަކު ދަރުބާރުގެއަށް ދިއުމުން ކަންވެސް އެ ރިވިއު އިން އެނގެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް