ދިވެހި އަދަބު ކުރިއެރުވުމާއި އަދަބީ އުފެއްދުންތައް ހުށަހެޅުމުގެ ހުނަރު ތަރައްގީކޮށް ދެމެހެއްޓުމަށް ޓަކައި ތަފާތު އަދަބީ މުބާރާތްތަކެއް ހިމެނޭ ގޮތަށް އޮންލައިން އަދަބީ އީދެއް ބާއްވަން ދިވެހިބަހުގެ އެކެޑަމީން ހަމަޖައްސައިފިއެވެ.
އެކެޑަމީން ހާމަކޮށްފައިވާ ގޮތުގައި މިއީ އާންމުކޮށް ހުޅުވައިލައިގެން ބާއްވާ އަދަބީ އީދެކެވެ. މި އަދަބީ އީދު ޚާއްޞަކޮށްފައިވާނީ މައިގަނޑު 3 އުމުރު ފުރައަކަށެވެ. އެއީ
ހ. 10އަހަރާއި 13 އަހަރާ ދެމެދުގެ އުމުރުފުރާ
ށ. 13އަހަރާއި 17 އަހަރާ ދެމެދުގެ އުމުރުފުރާ
ނ. 17އަހަރާއި 20 އަހަރާ ދެމެދުގެ އުމުރުފުރާ
އަދަބީ އީދުގައި ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ މުބާރާތްތައް:
1- ބަނދި ކިޔުން.
2- ޅެން ކިޔުން.
3- ވާހަކަ ހުށަހެޅުން.
4- ރައިވަރު ކިޔުން.
އޮންލައިން އަދަބީ އީދުގެ މުބާރާތްތަކުގައި ބައިވެރިވެވޭނީ އެ ކަމަށް ޓަކައި އެކެޑަމީން ތައްޔާރުކޮށްފައިވާ ގޫގުލް ފޯމު މެދުވެރިކޮށް ކަމަށް އެ އެކެޑަމީން ބުނެއެވެ. މުބާރާތަށް ހުށައަޅާ އަދަބީ އުފެއްދުންތައް ހުށައަޅާނީ މި އެކެޑަމީގެ 7986230 ނަންބަރުގެ ޓެލެގުރާމަށެވެ. ހުށައަޅާ އަދަބީ އުފެއްދުންތައް ހުންނަން ވާނީ އެމް.ޕީ 4 ފޯމެޓުގައި ލޭންޑްސްކޭޕްކޮށެވެ.
ޓެލެގުރާމަށް ފޮނުވާ އަދަބީ އުފެއްދުމުގައި ކޮންމެ ބައިވެރިއެއްގެ ނަމާއި އެޑްރެހާއި އުމުރުފުރާ އަދި ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު ޖަހައި ވީޑިއޯއާ އެކު މެސެޖެއް ފޮނުވަން ވާނެއެވެ. އޮންލައިން އަދަބީ އީދުގައި ބައިވެރިވާން އެދޭ ފޯމާއި ތަކެތި ހުށައަޅާނެ ސުންގަޑިތަކަކީ:
- 10އަހަރާއި 13 އަހަރާ ދެމެދުގެ އުމުރުފުރާ (28 ޖޫން 2021)
- 13އަހަރާއި 17 އަހަރާ ދެމެދުގެ އުމުރުފުރާ (29 ޖޫން 2021)
- 17އަހަރާއި 20 އަހަރާ ދެމެދުގެ އުމުރުފުރާ (30 ޖޫން 2021)
މީން ކޮންމެ ދުވަހެއްގެ މެންދުރު ފަހު 2:00ގެ ކުރިން ކަމަށް ދިވެހިބަހުގެ އެކެޑަމީން ބުނެއެވެ.
ކޮންމެ ބައިވެރިއަކަށް ވެސް ބައިވެރިވެވޭނީ ގިނަވެގެން 2 މުބާރާތުގައެވެ. އިތުރު މަޢުލޫމާތު: 7986230
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް