ރަހުމަތްތެރިންނަކީ ކޮބައިކަން އެނގޭނީ ހާލުގައި ޖެހޭ ދުވަހު!

ރަދީފު ބުނާ ގޮތުގައި އެކުވެރިންނަކީ އެކުގައި އުޅޭ މީހުންނެވެ. ތެދެކެވެ. އެކުވެރިންނަކީ ތިމާއާ އެކު އުޅޭ ކޮންމެ މީހެކެވެ. އެކުގައި އުޅެވޭ މީހުންނެވެ. މިއީ ވަރަށް އަވަސް އަވަހަށް ބަދަލުވެދާނެ ބައެކެވެ. ...

06 Jun 2021 | 10:37

ރަދީފު ބުނާ ގޮތުގައި އެކުވެރިންނަކީ އެކުގައި އުޅޭ މީހުންނެވެ.

ތެދެކެވެ. އެކުވެރިންނަކީ ތިމާއާ އެކު އުޅޭ ކޮންމެ މީހެކެވެ. އެކުގައި އުޅެވޭ މީހުންނެވެ. މިއީ ވަރަށް އަވަސް އަވަހަށް ބަދަލުވެދާނެ ބައެކެވެ. އެހެނީ ދިރިއުޅޭ މާހަލު، ނުވަތަ ހާލަތު ބަދަލުވެއްޖެނަމަ އެކުވެރިންވެސް ބަދަލު ވާނެތީއެވެ.

ދެން ތަހުމަތްތެރިންނެވެ. ރަހުމަތްތެރިންނަކީ އެމީހެއްގެ ފަރާތުން އަޅާލުމާއި އޯގާތެރިކަމާއި ކުލުނާއި ހަމްދަރުދީވުން ލިބޭ މީހުންނެވެ. އަދި އެމީހުންނަކީ އެކަކު އަނެކެއްގެ އުފާތަކުގައި ބައިވެރިވެ، ހިތާމަތަކުގައި ހިތްވަރުދޭ މީހުންނެވެ. މިއީ މި ދުނިޔޭގައި ވަރަށްވެސް މަދުބައެކެވެ. ކޮންމެ ރަހުމަތްތެރިއަކީ އެކުވެރިއަކަށް ނުވެދާނެއެވެ.

ކުރިން ވެސް ބުނި ގޮތަށް، އެކުވެރިންނަކީ ވަރަށް އަވަސް އަވަހަށް ބަދަލުވެދާނެ ބައެކެވެ. އެހެނީ ދިރިއުޅޭ މާހަލު، ނުވަތަ ހާލަތު ބަދަލުވެއްޖެނަމަ އެކުވެރިންވެސް ބަދަލު ވާނެތީއެވެ. އެކަމަކު މިއާ ޚިލާފަށް ކޮންމެ ހާލެއްގައި ވެސް ކޮންމެ ތަނެއްގައި ވެސް އެކުގައި ރަހުމަތްތެރިން ވާނެއެވެ.

އެހެންކަމުން ރަހުމަތްތެރިންނަކީ ތިމާ އެންމެ ހާލުގައި ޖެހޭ ވަގުތުގައި ވެސް ކައިރީގައި ހުރެދޭނެ މީހުންނެވެ. ޒަމާނަކީ ސުމޭކު ޒަމާނެވެ. ކިތަންމެ ދުރުގައި ތިއްބަސް އެކަކު އަނެކަކާ ބައްދަލުކުރެވޭނެ މަގު މިއަދު ތަނަވަހެވެ.

އާދޭހެވެ. ތިމާ ކޮންމެ ހާލެއްގައި އުޅުނަސް އެމީހުންގެ ފަރާތުން އަޅާލުމާއި އޯގާތެރިކަމާއި ކުލުނާއި ހަމްދަރުދީވުން ލިބޭނެއެވެ. އެއީ ރަހުމަތެރިންނެވެ.

ކޮންމެ ހިތާމައެއްގައި ވެސް ބައިވެރިވާނެއެވެ. ތިމާގެ ހާލު ބަލާނެއެވެ. ބަލި ވިޔަސް ދެގޮތެއް ނުވެ ތިބޭނެއެވެ. އެެއީ އެހީތެރިވާނެ މަދަދުގާރުންނެވެ. އެހެންކަމުން، ރަހުމްތްތެރިންނަކީ ކޮބައިކަން އެންމެ ފަސޭހައިން ދެނެގަނެވޭނީ ހާލެއްގައި ޖެހުނީމައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް