ވެކްސިން ނުޖަހަން ތިބި މީހުންނަށް ޑރ. ޓޮމްގެ އިންޒާރެއް!

އާ ވޭރިއެންޓްތަކައެކު ކޯވިޑް-19ގެ ނުރައްކާ އެންމެ ބޮޑުވެފައި ވަނީ ވެކްސިން ނުޖަހާ މީހުންނަށް ކަމަށް ވިދާޅުވެ އެމެރިކާގެ ސީޑީސީގެ ކުރީގެ ޑިރެކްޓަރު، ޑރ. ޓޮމް ފްރައިޑެން އިންޒާރުދެއްވައިފިއެވެ. ޑރ. ޓޮމް...

06 Jun 2021 | 10:31

އާ ވޭރިއެންޓްތަކައެކު ކޯވިޑް-19ގެ ނުރައްކާ އެންމެ ބޮޑުވެފައި ވަނީ ވެކްސިން ނުޖަހާ މީހުންނަށް ކަމަށް ވިދާޅުވެ އެމެރިކާގެ ސީޑީސީގެ ކުރީގެ ޑިރެކްޓަރު، ޑރ. ޓޮމް ފްރައިޑެން އިންޒާރުދެއްވައިފިއެވެ.

ޑރ. ޓޮމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ބަލީގެ ނުރައްކާ މިހާރު އެންމެ ބޮޑީ ވެކްސިން ނުޖަހާ މީހުންނަށް ކަމަށެވެ. އަދި އޭނާ ވަނީ ވެކްސިން ނުޖެހުމުގެ ސަބަބުން ބަލީގައި ބޮޑުވަރުވެ މަރުވާން މެދުވެރިވާ ކަމަށް ވިދާޅުވެފައެވެ.

https://twitter.com/DrTomFrieden/status/1401267730519580678

ޑޮކްޓަރ ވިދާޅުވީ، އާ ވޭރިއެންތައް މާ ނުރައްކާ ކަމަށެވެ. އަދި އެ ވޭރިއެންޓްތައް ހަލުއިކަމާއެކު ފެތުރެމުންދާ ކަމަށެވެ.

ނުރައްކާ ވޭރިއެންޓްތަކެއްގެ ވާހަކަ ދެއްނެވި ނަމަވެސް. ތަފުސީލެއް އޭނާ ނުދެއްވައެވެ.

ޑރ. ޓޮމް ފްރައިޑެން ވަނީ ރައްކާތެރިވުމަށް ވެކްސިން ޖެހުމަށް އިލްތިމާސްކުރައްވާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް