ދީނަށް ގޮވާލުމުގައި ލުއިފަސޭހަކަމުގެ އަސާސް ނަގެހެއްޓުމަށް ޑރ. ޝަހީމްގެ އިލްތިމާސްއެއް

ދީނަށް ގޮވާލުމުގައި ލުއި ފަސޭހަކަމުގެ އަސާސް ނަގެހެއްޓުމަށް ކަމަށް ދީނީ ޢިލްމުވެރިޔާ އަދި ކުރީގެ އިސްލާމިކް މިނިސްޓަރ ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު އިލްތިމާސްކުރައްވައިފިއެވެ. ޑރ. ޝަހީމް ކުރެއްވި ...

06 Jun 2021 | 10:00

ދީނަށް ގޮވާލުމުގައި ލުއި ފަސޭހަކަމުގެ އަސާސް ނަގެހެއްޓުމަށް ކަމަށް ދީނީ ޢިލްމުވެރިޔާ އަދި ކުރީގެ އިސްލާމިކް މިނިސްޓަރ ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު އިލްތިމާސްކުރައްވައިފިއެވެ.

ޑރ. ޝަހީމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އިސްލާމީ ދަޢުވަތު ބިނާވެފައި އޮންނަނީ ޙިކުމަތާއި ރިވެތި ވަޢުޡާއި ޢިލްމީ ޙުއްޖަތުގެ އަލީގައި ކުރެވޭ ރިވެތި މުނާޘަރާގެ މައްޗަށް ކަމަށެވެ. އަދި ދީނަށް ގޮވާލުމުގައި ލުއި ފަސޭހަކަމާއި ރަޙުމަތާއި އިޙުސާންތެރިކަމުގެ އަސާސް ނަގަހައްޓަން ޖެހޭނެ ކަމަށް ވެސް ޑރ. ޝަހީމް ވިދާޅުވިއެވެ.

ޑރ. ޝަހީމް ވިދާޅުވީ، އިސްލާމް ދީނަކީ ހުރިހާ ޒަމާނަކަށް ފެތޭ ޢަދުލުވެރި ދީން ކަމަށެވެ.

ޝަހީމް މި މޭރުމުން ޓްވިޓް ކުރެއްވި އިރު، މުސްލިމަކާ ދިމާއަށް ލާދީނީ ކިއުމަކީ ބޮޑު އަދަބެއް ލިބޭ ކުށެއްގެ ގޮތުގައި ކަނޑައެޅުމަށް ސަރުކާރުގެ ފަރާތުން ދިވެހިރާއްޖޭގެ ގާނޫނުލް އުގޫބާތަށް ވަނީ އިސްލާޙް ހުށައަޅާފައިއެވެ.

ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހުގެ ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސައިން ދިވެހިރާއްޖޭގެ ގާނޫނުލް އުގޫބާތަށް ހުށައަޅުއްވާފައިވާ އިސްލާޙުގައި ވަނީ، މުސްލިމަކު ކާފަރެއްގެ ގޮތުގައި ސިފަ ކުރުމާއި ސިފަކުރުމުގައި ބައިވެރިވުމުގެ އިތުރުން، މުސްލިމަކަށް ކާފަރެއް ކަމުގެ ތުހުމަތު ކުރުމަކީ ބޮޑެތި އަދަބުތައް ލިބޭ ކުށެއް ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް