މީސްމީޑިއާ މަންސަ ވީޗެޓު މެދުވެރިކޮށް ލައިވް ކުރާއިރު ނޭފަތް ކޮށްޓުން މަނާ ކޮށްފި

ޗައިނާގައި އެންމެ މަޤްބޫލު މީސްމީޑިއާ މަންސަ ކަމަށްވާ ވީ ޗެޓުން ލައިވް ކުރާއިރު ފެންވަރު ރަނގަޅު ކުރުމުގެ ގޮތުން، ލައިވްތަކުގައި ނޭފަތް ކޮށްޓުމުގެ އިތުރުން،ގިނަ ނޭދެވޭ އަމަލުތަކެއް ލައިވް ކުރުން މަނާ ...

06 Jun 2021 | 09:27

ޗައިނާގައި އެންމެ މަޤްބޫލު މީސްމީޑިއާ މަންސަ ކަމަށްވާ ވީ ޗެޓުން ލައިވް ކުރާއިރު ފެންވަރު ރަނގަޅު ކުރުމުގެ ގޮތުން، ލައިވްތަކުގައި ނޭފަތް ކޮށްޓުމުގެ އިތުރުން،ގިނަ ނޭދެވޭ އަމަލުތަކެއް ލައިވް ކުރުން މަނާ ކޮށްފިއެވެ.

ވީޗެޓުން މި އައު ޤަވައިދު އިއުލާން ކޮށްފައި ވަނީ ބުރާސްފަތި ދުވަހުގައެވެ.އެގޮތުން، އެ މަންސައިގައި ނޭފަތް ކޮއްޓުމުގެ އިތުރުން، ލައިވްގައި އަތް ތިލައިން އަމިއްލަ ގައިގައި ނުވަތަ އެހެން މީހެއްގެ ގައިގައި އަދަބު ދިނުމުގެ ގޮތުން ޖެހުން ނުވަތަ ސްޕޭންކު ކުރާ ގޭމްތައްވެސް ވަނީ މަނާ ކޮށްފައެވެ.

ވީޗެޓު މަންސައިގައި، އެ ކުންފުނީގެ ސެކިއުރިޓީ ސެންޓަރުން ބުނެފައި ވަނީ، މި ގޮތަށް އެ މަންސައިގެ ލައިވްގެ ކަންކަން މޮނީޓަރު ކުރަމުން ދިޔަ ދިއުމުގައި، 70 އަށް ވުރެ ގިނަ މަނާ ކަންކަން ކުރާ ކަން ފާހަގަ ވެފައިވާ ކަމަށެެވެ.އޭގެ ތެރޭގައި ނޭފަތް ކޮށްޓުމާއި، ސްޕޭންކިންގ ގޭމްތައް ހިމެނޭ އިރު، މި ހުރިހާ ކަމެއްވެސް މިހާރު ވަނީ އެ އެޕުގައި މަނާ ކުރެވިފައެވެ.އަދި މި ކަންކަން ތަކުރާރު ކުރަމުންދާ ފަރާތްތަކާއި މެދު ވީޗެޓުން ފިޔަވަޅު އަޅަމުން ގެންދާނެ ކަމަށްވެސް އެ މަންސައިން ބުނެއެވެ.

ޓެންސެންގ ހޯލްޑިންގސްގެ ވީޗެޓަކީ ޗައިނާގައި އެންމެ މަޤްބޫލު މީސްމީޑިއާ މަންސައެވެ. ޗައިނާގެ 1 ބިލިޔަން ރައްޔިތުން، އީމޭލު ފޮނުވުމަށާއި ޕިއްޒާ އޯޑަރު ކުރުންފަދަ ގިނަ ކަންކަމަށް ބޭނުން ކުރަނީ ވީޗެޓެވެ.އެހެން ކަމުން،2020 ވަނަ އަހަރު ވީޗެޓުން ލައިވް ކުރެވޭ ގޮތަށާއި ލައިވް މަންޒަރުތައް ބަލާލެވޭ ގޮތަށް ތަޢާރަފް ކުރި ޗެނެލްސް ފީޗަރއަށްވެސް ޗައިނާގެ ރައްޔިތުންގެ މެދުގައި ވަނީ ބޮޑު މަޤްބޫލު ކަމެއް ލިބިގެން ގޮސްފައެވެ.

ޗައިނާގައި އިންޓަރނެޓް އޮންނަނީ ވަރަށް ބޮޑަށް ސެންސަރުކޮށްފައެވެ.ޗައިނާގެ ސަރުކާރުން އިސްނަގައިގެން އިންޓަނެޓާއި ގުޅުން ހުރި އެންމެހާ ކަމެއް އަންނަނީ ރެގިއުލޭޓު ކުރަމުންނެވެ.އަދި އެ ޤައުމުގެ ސިޔާސީ މަސްރަޙަށާއި އިޖްތިމާޢީ މިންގަނޑުތަކަށް ނުފެތޭ ގޮތަށް އިންޓަރނެޓުގައި ހުންނަ ކޮންޓެންޓް ޗައިނާގެ ސަރުކާރުން އަންނަނީ ނަގަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް