ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ނިރުބަވެރި ހަމަލާއާ ގުޅިގެން 150 އަށް ވުރެ ގިނަ ފަރާތްތައް މެދުވެރިކޮށް މައުލޫމާތު ހޯދާފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.
މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި، ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ހަސަން ޝިފާއު ވިދާޅުވީ ނަޝީދަށް ދިން ހަމަލާއާ ގުޅިގެން 150 އަށް ވުރެ ގިނަ ފަރާތްތަކުން ތަހުގީގަށް މައުލޫމާތު ހޯދާފައިވާ ކަމަށާއި 25 އަށް ވުރެ ގިނަ ތަންތަން ބަލައި ފާސްކުރެވިފައިވާ ކަމަށެވެ. އަދި ނަޝީދަށް ދިން ހަމަލައާ ހަރުކަށި ފިކުރާ ދެކޮޅަށް ހިންގަމުން އަންނަ އޮޕަރޭޝަންގެ ދަށުން 14 މީހެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ މި މައްސަލަ ސާބިތު ކުރަން ފޮރެންސިކް މުހިންމު ހެކިތަކެއް ލިބިފައިވާ ކަމަށެވެ.
އިތުރު ތަފްސީލް އަންނަނީ...
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް