241 ކޮމެޓީއަށް މިނިސްޓަރ އަސްލަމާއި ކުރީގެ މޭޔަރ ސިފާ

ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަދި މިހާރުގެ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދަށް އަމާޒުކޮށް މާލޭގައި ދިން ނިރުބަވެރި ހަމަލާއާއި ގުޅިގެން މަޖިލީހުން ކުރިއަށްގެންދާ ޕާލިމަންޓްރީ އިން...

06 Jun 2021 | 09:11

ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަދި މިހާރުގެ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދަށް އަމާޒުކޮށް މާލޭގައި ދިން ނިރުބަވެރި ހަމަލާއާއި ގުޅިގެން މަޖިލީހުން ކުރިއަށްގެންދާ ޕާލިމަންޓްރީ އިންކުއަރީއަށް ޕްލޭނިން މިނިސްޓަރ އަހްމަދު އަސްލަމް ހާޒިރުވެޑައިގެންފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސަށް ދެމުން ގެންދާ ސަލާމަތާއި ރައްކާތެރިކަން ބްރީޗްވި ގޮތް ހޯދުމަށް ސިއްރިއްޔާތުގައި 241 ކޮމިޓީން ކުރިއަށް ގެންދާ ޕާލަމެންޓަރީ އިންކުއަައިރީއަށް ކަމާއި ފުޅޭ ދައިރާތަކުގެ އިސްވެރިންނާއި ބައެއް މުވައްޒަފުން އަންނަނީ ހާޒިރުވަމުންނެވެ. މި ބައްދަލުވުންތައް ކުރިއަށް ގެންދަނީ ސިއްރިއްޔާތުގައި ކަމުން ބައްދަލުވުމުގައި ހިނގާދާ ކަންކަން މީޑިއާއަށް ހާމަނުކުރެއެވެ.

އެނގިފައިވާ ގޮތުގައި މިއަދު ބޭއްވި ކޮމެޓީގެ ބައްދަލުވުމަށް ޕްލޭނިން މިނިސްޓަރ މުޙައްމަދު އަސްލަމްގެ އިތުރުން މާލޭ ސިޓީ ކައުންސިލްގެ ކުރީގެ މޭޔަރ ސިފާ މުހައްމަދުވެސް މިއަދު ވަނީ ހާޒިރުކޮށްފައެވެ.

ރައީސް ނަޝީދަށް ދެމުންގެންދާ ސަލާމަތާއި ރައްކާތެރިކަން ބްރީޗްވި ގޮތް ހޯދުމަށް 241 ކޮމެޓީން ކުރިޔަށް ގެންދާ އިންކުއަރީ އިއްޔެ ވަނީ ކޮމިޝަނަރ ޕޮލިސް މުހައްމަދު ހަމީދުވެސް ހާޒިރުކޮށްފައެވެ. އަދި ކައުންޓަ ޓެރަރިޒަމްގެ ޑިރެކްޓަރު ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ފަރީދު އިސްމާއީލްވެސް ވަނީ ހާޒިރުކޮށްފައެވެ.

241 ކޮމެޓީއަށް ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލްވެސް މިއަދު ހާޒިރުކުރުމަށް ވަނީ ނިންމާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް