ކޯވިޑް-19ގެ ފެތުރެމުން ދާތީއާއި ބަލި ޖެހުމުގެ ބިރު އޮތުމުން ގައިދީން ޖަލުން ނުނެރެން ލްޑިވްސް ކަރެކްޝަނަލް ސާރވިސް ނިންމައިފި އެވެ.
މާލޭ ޖަލުގައި ހައްޔަރުކޮށް ތިބި ބައެއް ޤައިދީންގެ ޝަރީއަތެއް މިއަދު އޮތީ ކްރިމިނަލް ކޯޓްގައި ތާވަލުކޮށްފައެވެ.
އެކޯޓްގައި މިއަދު ބާއްވަން ތާވަލުކޮށްފައި އޮތް ޝަރީއަތަކީ ތިމަރަފުށީ ތައުލީމީ މަރުކަޒުގައި އޯލެވްލެ އިމްތިހާނު ހަދަމުންދަނިކޮށް އެ މަރުކަޒު ގޮއްވާލަން، ރޭވިކަމުގެ ތުހުމަތުގައި ހައްޔަރުކުރި މީހުންގެ މައްސަލައެވެ. އެހެންނަމަވެސް ފަހުން ވަނީ މި މައްސަލައިގެ އަޑުއެހުންވަނީ މިއަދު ނުބާއްވާ ގޮތަށް ނިންމާފައެވެ.
މިއަދު 10:00 ބާއްވަން އޮތް މި އަޑުއެހުން ނުބާއްވާ ސަބަބެއްގެ ގޮތުގައި ކޯޓުން ހާމަކުރީ ކޯވިޑް-19 ވަރަށް ބޮޑަށް ފެތުރިފައިވާތީ އެއްވެސް ޤައިދީއަކުން ޖަލުން ބޭރަށް ނެރެން ކަރެކްޝަނުން ބޭނުންވާ ކަމެވެ. އަދި މިވަގުތު މާލޭ ޖަލުގެ ހުރިހާ މޫވްމަންޓެއް އެއްކޮށް ހުއްޓާލާފައިވާކަން ކަރެކްޝަނުން ވަނީ ކޯޓަށް އަންގާފައެވެ.
އައިއެސްއާއި ގުޅިގެން ބޮން ގޮއްވަން ރޭވިކަމުގެ ތުހުމަތުގައި ދައުލަތުން ދައުވާ އުފުލާފައިވާ ތ ތިމަރަފުށީ ފެހިވިދުވަރުގެ އުމުރުން 34 އަހަރުގެ އަބްދުﷲ ޝަރީފާއި ހަމަ އެރަށު އަސްރަފީވިލާ އުމުރުން 32 އަހަރުގެ އަޙްސަން މުހައްމަދުާއި އެރަށު ކެނެރީގެ އުމުރުން 28 އަހަރުގެ އަލީ މުނީޒާއި ތިމަރަފުށީ އަސުރުމާގެ އުމުރުން 34 އަހަރުގެ މުހައްމަދު އާޞިރާއި އެރަށު ސައިމާގެ އުމުރުން 20 އަހަރުގެ ސަމާހު ޝަރީފުގެ އިތުރުން ރ. ކަނދޮޅުދޫ ފެހިވިލާ އުމުރުން 18 އަހަރުގެ އަލީ އަރުހަމް މުހައްމަދާއި ނ. ކުޑަފަރި، ރޯޒްމީޑު، އިބްރާހިމް ލޫޠާއި ރ. މަޑުއްވަރި، ބީޗްހައުސް ޢަބްދުﷲ ޢިމާދުގެ މައްޗަށެވެ.
މި މީހުންގެ މައްޗަށް އުފުލާފައިވަނީ ޓެރަރިޒަމް އަމަލެއް ހިންގަން ހިތްވަރު ދިނުމުގެ ކުށުގެ ދައުވާއާއި ޓެރަރިޒަމް އަމަލެއް ކުރުމަށް ބޭނުންވާ އުކުޅުތައް ދަސްކުރުމުގެ ކުށުގެ ދައުވާއާއި ޓެރަރިސްޓް ޖަމާއަތަކަށް ތާއީދުކުރާ މީހެއްކަމަށް ދޭހަވާ ލިޔުމެއް ގެންގުޅުމުގެ ކުށުގެ ދައުވާއާއި ޓްރެރިޒަމްގެ އަމަލެއް ކުރުމަށް ރޭވުމުގެ ކުށުގެ ދައުވާއާއި އަދުލް އިންސާފު ޤާއިމުކުރުމަށް ހުރަސްއެޅުމުގެ ކުށުގެ ދައުވާއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް