ވިޔަފާރިތަކަށް މިހާރު ދޫކޮށްފައިހުރި ޑެލިވަރީ ޕާމިޓްތައް މި ހިނގާ ޖޫން މަހުގެ އަށް ވަނަ ދުވަހުގެ ފަހުން ބޭނުން ނުކުރެވޭނެ ކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުން ކުރި ޓްވީޓެއްގައި ބުނީ، މިހާރު ދޫކޮށްފައި ހުރި ވެހިކަލް ޕާމިޓްތައް 'ސަޕޯޓް ޕާމިޓް'ތަކަށް ބަދަލުކުރަން ނިންމާފައިވާ ކަމަށެވެ. މިއާއެކު ކުރިން ދޫކޮށްފައިހުރި ވެހިކަލް ޕާމިޓްތައް މިމަހުގެ އަށް ވަނަ ދުވަހުގެ ފަހުން ބޭނުން ނުކުރެވޭނެ ކަމަށެވެ. އަދި ޕޮލިސް ޕާމިޓް ޕޯޓަލް މެދުވެރިކޮށް، 'ސަޕޯޓް ޕާމިޓް' އަށް އެޕްލައި ކުރެވޭނެ ކަމަށް ފުލުހުން ހާމަކުރެއެވެ.
https://twitter.com/PoliceMv/status/1401210717794148353?
ކޯވިޑް-19 ފެތުރެމުންދާތީ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން، މުދާ ވިއްކާ ތަންތަނާއި، ކެއިން ބުއިމުގެ ޚިދުމަތްދޭ ތަންތަނުން ޑެލިވަރީ ޚިދުމަތް ދެވޭނީ، އެ ތަނެއްގައި މަސައްކަތްކުރާ މުވައްޒަފުންނަށް ހުއްދަ ހޯދުމަށްފަހު، ހެނދުނު 6.00 އިން މެންދަމު 12.00 އަށެވެ. އަދި މުދާ ވިއްކާ ތަންތަން ޢާންމުންނަށް ހުޅުވާލައިގެންނާއި، ކެއިން ބުއިމުގެ ޚިދުމަތް ދޭ ތަންތަނުން ޓޭކްއަވޭގެ ޚިދުމަތް ދެވޭނީ އެ ތަނެއްގައި މަސައްކަތްކުރާ މުވައްޒަފުންނަށް ހުއްދަ ހޯދުމަށްފަހު، ހެނދުނު 8.00 އިން ހަވީރު 4.00 އަށެވެ.
މީގެ އިތުރުން ކާފިއުގެ ވަގުތުތަކުގައި މާލެ ސަރަޙައްދުގެ ފިހާރަތަކުން މެންދަމު 12:00 ޖެހުމާއި ހަމައަށް ޑެލިވަރީގެ ޚިދުމަތް ދެވޭގޮތަށް ވަނީ ހަމަޖައްސާފައެވެ.
އެގޮތުން މުދާ ވިއްކާ ތަންތަނުން ޢާންމުންނަށް ހުޅުވާލައިގެން ޚިދުމަތް ދެވޭނީ، ފަތިހު 5:00 އިން ހަވީރު 4:00 އާ ދެމެދުއެވެ. އަދި ހަވީރު 4:00 އިން މެންދަމު 12:00 އަށް، މޯލްޑިވްސް ޕޮލިސް ސަރވިސް ގެ ހުއްދައާއެކު ޑެލިވަރީގެ ޚިދުމަތް ދެވޭނެ ކަމަށް ކަމަށްވެސް އިކޮނޮމިކް މިނިސްޓްރީން ވިދާޅުވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް