ކުޅުދުށްފުށީ ރީޖަނަލް ހޮސްޕިޓަލަށް ވިހަން ގެންދިޔަ ރ. އަތޮޅު އަންހެނެއްގެ އޯވަރީން 2.4 ކިލޯގެ ސިސްޓެއް ނަގައިފިއެވެ.
ކުޅުދުއްފުށީ ރީޖަލަން ހޮސްޕިޓަލުން ބުނީ މިމިހާ ސްކޭން ކުރުމުން ވާތު ފަރާތު އޯވަރީގައި ބޮޑު ސިސްޓެއްް އުފެދިފައިވާކަން ފާހަގަކުރެވިގެން އޮޕަރޭޝަނެއް ކޮށްފައިވާކަމަށެވެ. އަދި 2 ގަޑިއިރަށް ދެމިގެންދިޔަ މި އޮޕަރޭޝަން ކޮށްފައިވަނީ އެ ހޮސްޕިޓަލުގައި މަސައްކަތް ކުރާ އަންހެނުންގެ ބަލިތަކާއި ބެހޭ ހާއްސަ ޑޮކްޓަރު ލުތުފީ ބާޝާއެވެ.
މި އަންހެން މީހާގެ އޯވަރީން ނެގި ސިސްޓްގެ ދިގުމިނުގައި 24 ސެންޓީމީޓަރު އަދި ފުޅާމިނުގައި 20 ސެންޓިމީޓަރު ހުރިކަމަށް އެ ކޮސްޕިޓަލުން މައުލޫމާތު ދެއެވެ. އަދި ބަރުދަނުގައި 2.4 ކިލޯ ހުރިކަމަށް ކުޅުދުށްފުށީ ރީޖަނަލް ހޮސްޕިޓަލުން ބުނެއެވެ.
އޯވަރީ ނެގި އޮޕަރޭޝަނަށް ފަހު މި އަންހެން މީހާގެ ގަޔަށް 3 ޕައިންޓް ލޭ އަޅަންޖެހުނުކަމަށާއި ފަރުވާއަށް ފަހު މަންމައާއި ދަރިފުޅު ހޮސްޕިޓަލުން ދޫކޮށްލާފައިވާކަމަށާއި ދެ މައިންގެ ހާލު ވެސް ރަނގަޅުކަމަށް މައުލޫމާތު ލިބެއެވެ.
މިއީ އަތޮޅު ތެރޭގެ ރަށެއްގައި މި ފަދަ ބޮޑު އޮޕަރޭޝަނެއް ކުރެވުނު ފުރަތަމަ ފަހަރެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް