ފަލަސްތީނުގެ ގާޒާގައި ހާލުގައި ޖެހިފައިވާ މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ރ. ވާދޫގެ ހުރިހާ މުވައްސަސާއެއް ގުޅިގެން ކުރިއަށް ގެންދާ ފަންޑު ރެއިޒިންގ ހަރަކާތަށް، އެ ރަށު ކައުންސިލްގެ އިދާރާގައި މަސައްކަތްކުރާ ހުރިހާ މުވައްޒަފުންގެ މުސާރައިން 5 އިންސައްތަ ހަދިޔާކުރުމަށް ނިންމައިފިއެވެ.
މި ހަރަކާތަކީ ހާލުގައި ޖެހިފައިވާ ފަލަސްތީންގެ ރައްޔިތުންނަށް އެޙިތެރިވުމަށް ކުރިއަށް ގެންދެވޭ ހަރަކާތެއް ކަމަށް ރ. ވާދޫ ކައުންސިލްގެ ރައީސް ހުސައިން ޢަލީ ވިދާޅުވެއެވެ.
މި ހަރަކާތުގެ ދަށުން، ވާދޫގެ 3 ސަރަހައްދެއްގައި ފަންޑު ފޮށި ބެހެއްޓިފައި ހުންނާނެއެވެ. އެއީ ރ. ވާދޫ ސިއްހީ މަރުކަޒާއި، ރ. ވާދޫ ކައުންސިލްގެ އިދާރާގެ އިތުރުން ފެނަކަ ކޯޕަރޭޝަންގެ ރ. ވާދޫ އޮފީސް ހުންނަ އިމާރާތުގައެވެ.
މި ހަރަކާތުގައި ފަންޑު ފޮށި ހުޅުވައިދެއްވީ ވާދޫ މެޖިސްޓްރޭޓް ކޯޓުގެ ކުރީގެ މެޖިސްޓްރޭޓް އަބްދުލް ޤާދިރު އިބްރާހިމް އެވެ.
މި ހަރަކާތުގައި ފޯކަލް ޕޮއިންޓުންގެ ގޮތުގައި ހަރަކާތްތެރި ވާނީ ވާދޫ ސްކޫލްގެ ފަރާތުން އިބްރާހިމް ސުޖާއު، ވާދޫ ސިއްހީ މަރުކަޒުގެ ފަރާތުން އަހުމަދު އަފްރާހު، ވާދޫ ފެނަކަ ގޮފީގެ ފަރާތުން އަބްދުލް މަތީން އަދި ކޯޓުގެ ފަރާތުން މުހައްމަދު ޒަކަރިއްޔާއެވެ.
މި ހަރަކާތް ނިންމާލައި މިއަދު މެންދުރު ފަހު، މުވައްސަސާތަކުން ބެހެއްޓި ހުރިހާ ފަންޑުފޮށިތައް ބަންދުކުރުމަށް ވަނީ ނިންމާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް