ކޯވިޑް ޖެހިގެން ރާއްޖެއިން އިތުރު ދެ މީހުން މަރުވެއްޖެ އެވެ.
މީގެ ތެރެއިން ފުރަތަމަ މަރުވެފައިވަނީ 93 އަހަރުގެ ދިވެހި ފިރިހެނެކެވެ. އެމީހާ މަރުވީ ރޭ ދަންވަރު 12:47 ގައި އެވެ.
ދެވަނައަށް މަރުވީ އުމުރުން 82 އަހަރުގެ ދިވެހި އަންހެނެކެވެ. އެމީހާ މަރުވީ މިއަދު ހެނދުނު 8:00 ގައި އެވެ.
މި ދެމީހުންނަށްވެސް މަރުވި އިރު ފަރުވާ ދެމުން ދިޔައީ ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި އެވެ.
މިއަދު މިހާތަނަށް މަރުވި ދެ މީހުންނާއި ރާއްޖެއިން ކޯވިޑްގައި މަރުވި މީހުންގެ އަދަދު ވަނީ 184 އަށް އަރާފައި އެވެ.
އިއްޔެ ރާއްޖެއިން ކޯވިޑް ޖެހިގެން މަރުވެފައިވަނީ ހަތަރު މީހުންނެވެ.
ރާއްޖެއިން މިހާތަނަށް ކޯވިޑަށް 67،538 މީހުން ޕޮސިޓިވްވެ އެވެ. އޭގެ ތެރެއިން 20،014 މީހުންނަށް ދަނީ ކޯވިޑް ޖެހިގެން ފަރުވާ ދެމުންނެވެ.
ބަލިން ރަނގަޅުވެފައިވަނީ 47،333 މީހުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް