ފިރިމީހާ އެހެން އަންހެނަކާއެކު އެއްދާން ކުރުމުން ފިރިމީހާގެ ގަޔަށް ހޫނުފެން ޖަހައިފި

ކެންޔާގެ ވެރިރަށް ނައިރޯބީގައި، އަންހެނަކު އޭނާގެ ފިރިމިހާ އެހެން އަންހެނަކާއެކު އެއްދާންކުރާ މަންޒަރު ފެނުމުން، ފިރިމީހާގެ ގަޔަށް ހޫނުފެން ޖަހައިފިއެވެ. ފިރިމީހާގެ ގަޔަށް ހޫނުފެން ޖަހާފައިވަނީ ފީލިސް...

06 Jun 2021 | 02:26

ކެންޔާގެ ވެރިރަށް ނައިރޯބީގައި، އަންހެނަކު އޭނާގެ ފިރިމިހާ އެހެން އަންހެނަކާއެކު އެއްދާންކުރާ މަންޒަރު ފެނުމުން، ފިރިމީހާގެ ގަޔަށް ހޫނުފެން ޖަހައިފިއެވެ.

ފިރިމީހާގެ ގަޔަށް ހޫނުފެން ޖަހާފައިވަނީ ފީލިސް ނަންޖަލާ ވެކޭސާ ކިޔާ އަންހެނެކެވެ.

މި އަންހެންމީހާ ހައްޔަރުކޮށް މައްސަަލައިގެ ތަހުގީގު ފަށާފައިވާއިރު ކޯޓުގައި މި އަންހެން މީހާ ވަނީ އޭނާގެ މައްޗަށް އުފުލާ ދައުވާއަށް އިންކާރުކޮށްފައެވެ.

ނަމަވެސް ފުލުހުން ބުނެފައިވާގޮތުގައި މި އަންހެންމީހާ އޭނާގެ ފިރިމީހާގެ ގަޔަށް ހޫނުފެން ޖެހީ އަންހެންމީހާ ގެއަށްދިޔައިރު ފިރިމީހާ އެހެން އަންހެނަކާއެކު އެއްދާންކުރަނިކޮށް ފެނިގެން އެއީ ކާކުތޯ ފިރިމިހާ ކުރެން ސުވާލު ކުރުމުން، އަނބިމީހާ ގެއިން ނެރެލަން އުޅުމުން އައި ރުޅީގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް