ގުދަނާއި ގަރާޖުފަދަ ތަންތަން އިންޑަސްޓްރިއަލް ޒޯނަށް ބަދަލުކުރަން ސިޓީ ކައުންސިލުން އެތަންތަނުގެ މައުލޫމާތު އެއްކުރަން ފަށައިފި

މާލެތެރޭގައި ހުރި ގުދަން، ގަރާޖު، ވޯކްޝޮޕް، ވަޑާންގެ އަދި ގާއަޅާ ތަންތަން ފަދަ ސިނާޢީ މަސައްކަތް ކުރާ ތަންތަން އެކަމަށް ހާއްސަ އިންޑަސްޓްރިއަލް ވިލެޖަށް ބަދަލުކުރުމަށް ސަރުކާރަށް ދެންނެވުމަށްޓަކައި، އ...

06 Jun 2021 | 01:54

މާލެތެރޭގައި ހުރި ގުދަން، ގަރާޖު، ވޯކްޝޮޕް، ވަޑާންގެ އަދި ގާއަޅާ ތަންތަން ފަދަ ސިނާޢީ މަސައްކަތް ކުރާ ތަންތަން އެކަމަށް ހާއްސަ އިންޑަސްޓްރިއަލް ވިލެޖަށް ބަދަލުކުރުމަށް ސަރުކާރަށް ދެންނެވުމަށްޓަކައި، އެ ތަންތަނާބެހޭ މަޢުލޫމާތު އެއްކުރުމުގެ މަސައްކަތް މާލޭ ސިޓީ ކައުންސިލުން ފަށައިފިއެވެ.

އެގޮތުން ސިޓީކައުންސިލުން ބުނެފައިވަނީ މިމަސައްކަތުގައި ވީހާ ފުޅާ ދާއިރާއެއްގައި މައުލޫމާތު އެއްކޮށް މަސައްކަތް ފުރިހަމަކުރުމަށް ބޭނުންވާތީ، ކަމާބެހޭ މައުލުމާތު ޕޯޓަލް މެދުވެރިކޮށް ހުށަހެޅުމަށްޓަކައި މިހާރުވަނީ ޕޯޓަލްއެއް ކައުންސިލްގެ ވެބްސަޓްގައި ހުޅުވާލެވިފައި ކަމަށެވެ.

ޕޯޓަލް ލިންކު: https://my.malecity.gov.mv/apply

ވީމާ މާލެ ސިޓީގެ މާލޭގައި ހުރި ގުދަން، ގަރާޖު، ވޯކްޝޮޕް، ވަޑާންގެ، ގާއަޅާތަންތަން ފަދަ ސިނާއީ މަސައްކަތް ކުރާތަންތަނުގެ މައުލޫމާތު 2021 ޖޫން މަހުގެ 15 ވަނަ ދުވަހުގެ ކުރިން މިޕޯޓަލް މެދުވެރިކޮށް މިކައުންސިލަށް ފޯރުކޮށްދެއްވުން އެދޭ ކަމަށާއި ކައުންސިލުން މަޢުލޫމާތު ނެގުމުގެ މަސައްކަތް ކުރަމުންދާތީ، މުވައްޒަފުން ގޮސްގެން މައުލޫމާތު ނަގާ ތަންތަނުގެ މައުލޫމާތު ޕޯޓަލް މެދުވެރިކޮށް ހުށަހަޅަން ނުޖެހޭނެކަމުގައިވެސް ސިޓީކައުންސިލުން ބުނެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް