ކިނބިދޫ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒު ގާނޫނު ތަންފީޒު ކުރާ މުވައްޒަފެއްގެ މަސައްކަތަށް ހުރަސްއެޅި ކަން ސާބިތުވާ ކަމަށް ކަނޑައަޅައި ކޮށްފައިވާ ހުކުމް ސުޕްރީމް ކޯޓުގައި އިސްތިއުނާފުކޮށްފި އެވެ.
އެ ދައުވާ އޭނާ މައްޗަށް އުފުލީ ރިޔާޒުގެ ފޯނުގެ ޕިން ޖަހައިދޭން އެދުމުން އެކަމަށް އިންކާރު ކުރި ކަމަށް ބުނެ އެވެ. އެކަމަކު ކްރިމިނަލް ކޯޓުން ހުކުމް ކުރީ އޭނާގެ މައްޗަށް އެ ދައުވާ ސާބިތު ނުވާ ކަމަށެވެ. އެ މައްސަލަ ދައުލަތުގެ ފަރާތުން ހައި ކޯޓުގައި އިސްތިއުނާފު ކުރުމުން އެ ކޯޓުން މައްސަލަ ނިންމީ ރިޔާޒާއި ދެކޮޅަށެވެ.
ރިޔާޒުގެ މައްޗަށް ހައިކޯޓުން އިއްވީ ހަތަރު މަހާއި 24 ދުވަހުގެ ޖަލު ހުކުމެކެވެ. އެ ހުކުމް އޭނާ ތަންފީޒު ކުރައްވަމުން ގެންދަވަނީ މާފުށީ ޖަލުގައި އެވެ. މި ހުކުމަށް ސުޕްރީމް ކޯޓު ތާއިދު ކުރި ނަމަވެސް އޭނާގެ ގޮނޑިއެއް ނުގެއްލޭނެ އެވެ.
މި ދައުވާގެ އިތުރުން ރިޔާޒުގެ މައްޗަށް ވަނީ ޓެރަރިޒަމްގެ ދައުވާވެސް އުފުލާފައި އެވެ. އަދި އެ ދައުވާގެ ޝަރީއަތް ނިމެންދެން އޭނާ ހުންނެވީ ބަންދުގައި އެވެ.
ޓެރަރިޒަމްގެ ދައުވާ އުފުލީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކުރުމަށް ފަހު އޭނާ ހައްޔަރު ކުރުމަށް ފަހު އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް