ކުރިން ނާންގާ ކަންތައް ކުރުމުން ކުރާ އަސަރު މިހާރު ނިހާނަށް އެނގޭނެ

މިދިޔަ ހޮނިހިރު ދުވަހު ޕީޕީއެމް ޕީޖީ ގްރޫޕުގެ ލީޑަރު އަހުމަދު ނިހާން ހުސައިން މަނިކު އިންޑިއާއަށް އެތެރެވިޔަ ނުދީ އަނބުރާ ފޮނުވާލި ސަބަބު މާފަންނަނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ ސާފުކޮށް...

06 Jun 2018 | 08:18

މިދިޔަ ހޮނިހިރު ދުވަހު ޕީޕީއެމް ޕީޖީ ގްރޫޕުގެ ލީޑަރު އަހުމަދު ނިހާން ހުސައިން މަނިކު އިންޑިއާއަށް އެތެރެވިޔަ ނުދީ އަނބުރާ ފޮނުވާލި ސަބަބު މާފަންނަނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ ސާފުކޮށްދެއްވައިފި އެވެ.

އިންތި ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ ދިވެހިންގެ އެއާޕޯޓުން ފުރަން ދިއުމުން ދިވެހިން ފޮނުވާލަނީ ކުރިން އެންގުމަކާއި ނުލައި ފުރުން މަނާ ނުކުރެވޭނެ ކަމަށް ބުނެ ގާނޫނުގައި ލާޒިމު ކޮށްފައި ވަނިކޮށެވެ. އަދި ނިހާނު ހިތްހަމަ ނުޖެހުން ފާޅު ކުރަމުން ދަނީ އިންޑިއާއިން ހަމަ މި މޭރުމުން ކަންތައް ކުރުމުން ކަމަށާއި، އެފަދަ ކަންކަމުން ކުރާނެ އަސަރު މިހާރު ނިހާނަށް އެނގިވަޑައިގެންނަވާނެ ކަމަށެވެ.

https://twitter.com/Imthiyazfahmy/status/1004074880441114624

އިންތި މިހެން ވިދާޅުވެފައި މިވަނީ އެކި ސަބަބު ތަކާއި ހެދި ސިޔާސީ ބޭފުޅުންނަށް ރާއްޖެއިން ބޭރަށް ނުފުރޭގޮތަށް ޕާސްޕޯޓު ހިފަހައްޓާފައި އޮތުމަށް ފަހު އެ މުއްދަތު ހަމަވާ ފަހުން ފުރަން ވަޑައިގެންނެވުމުން އަނެއްކާވެސް ޕާސްޕޯޓު ހިފަހައްޓާފައިވާ ކަމަށް ބުނާ މައްސަލަ ފެންމަތިވެފައި ވަނިކޮށެވެ.

ނިހާން ރޭ ވިދާޅުވީ އިންޑިއާގެ މި އަމަލަކީ ބޮޑު ގައުމަކުން، ކުޑަ ގައުމެއް "ބުލީ" ކުރުން ކަމަށެވެ. ނިހާން ވިދާޅުވީ އޭނާ އަނބުރާ ފޮނުވާލުމަކީ ރާއްޖޭގެ ސަރުކާރާ ދޭތެރޭ އިންޑިއާ ހިތްހަމަ ނުޖެހިގެން ކުރި ކަމެއް ނަމަ އެކަން ސާފުކޮށް ބުނެދިނުމުގެ ގާބިލްކަން އިންޑިއާގައި ހުންނަން ޖެހޭނެ ކަމަށެވެ. އަދި މިއީ ދެގައުމުގެ ގުޅުން ހީނަރުވުމުން ކުރާ ޒާތުގެ ކަންކަން ނޫން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް