"ސްޓޫޑެންޓު އޮފް ދި އިއާ 2" އިން ބޮލީވުޑަށް ތައާރަފު ވުމަށް ތައްޔާރުވަމުން ދާ ޗަންކީ ޕާންޑޭގެ ދަރިފުޅު އަނަންޔާ ޕާންދޭ ނުރައްކާތެރި އެކްސިޑެންޓަކުން ސަލާމަތްވެއްޖެ އެވެ.
މި އެކްސިޑެންޓު ހިނގާފައިވަނީ އެ ފިލްމުގެ ޝޫޓިން ތެރެއިން ކާރެއްގައި އަނަންޔާ އަންނަ މަންޒަރު ނަގަން އުޅެނިކޮށް އޭނާއަށް ކާރު ކޮންޓްރޯލް ނުވެ ގޮސް ގަހެއްގައި ޖެހިގެންނެވެ. މި ސީން ނަގަން ބޭނުން ކުރި ކާރު ބޭނުން ނުކުރެވޭ ވަރަށް ހަލާކުވި ނަމަވެސް އަނަންޔާއަށް އެއްވެސް ގެއްލުމެއް ނުވެ އެވެ.
އެއީ ވަރަށް ނުރައްކާތެރި ސީން އެއް ކަމުން އެ ސީން ނެގުމުގެ ކުރިން ވަނީ އަނަންޔާއަށް އެއްވެސް ގެއްލުމެއް ނުލިބޭނެ ގޮތަށް ތައްޔާރުވެފައި އެވެ. އެ ފިލްމުގެ ސެޓުގައި މަސައްކަތް ކުރާ މީހަކު މީޑިއާގައި ބުނެފައިވަނީ ކާރު ބޭނުން ނުކުރެވޭ ވަރަށް ހަލާކުވިޔަސް އަނަންޔާގެ ހަށިގަނޑުގައި އެންމެ ރެނދެއްވެސް ލާފައި ނުވާ ކަމަށެވެ
އެހެންވެ ފިލްމުގެ ޝޫޓިން ޝެޑިއުލްއަށް އެއްވެސް ބަދަލެއް ނައިސް ކުރިޔަށް ގެންދެވޭނެ ކަމަށެވެ. މި ހާދިސާ ހިނގީ ހުކުރު ދުވަހު އެވެ.
އުމުރުން 19 އަހަރުގެ އަނަންޔާ އާއި އެކު "ސްޓޫޑެންޓު އޮފް ދި އިއާ 2" ގައި ފެނިގެންދާނީ ޓައިގާ ޝްރޮފް އާއި ތާރާ ސުތާރިއާ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް