މުދާ އުފުލާ ބޯޓެއް ތ ގުރައިދޫ ނެރުމައްޗަށް އުރިގެން ފުލުހުން ހަރަކާތްތެރިވާން ފަށައިފި އެވެ.
މީޑިއާތަކަށް މައުލޫމާތުދެމުން ފުލުހުން ބުނެފައިވަނީ ގދ ތިނަދޫ ނިޔާމަ ބޯޓު ތ ގުރައިދޫ ނެރުމައްޗަށް އުރިފައިވާކަމުގެ މައުލޫމާތު މިއަދު ހެނދުނު 06:00ގައި ލިބުމާއި ގުޅިގެން ފުލުހުންދަނީ ހަރަކާތްތެރިވަމުން ކަމަށެވެ.
މި ބޯޓުގައި 11 މީހަކު ތިބި ކަމަށާއި އެއީ ތިން ދިވެހީންނާއި އަށް ބިދޭސީން ކަމުގައި ފުލުހުން ބުނެ އެވެ.
ފުލުހުން އިތުރަށް ބުނެފައިވަނީ މި ބޯޓު ފުންކުރުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށެވެ. މި ބޯޓަށް އެމްއެންޑީއެފުންވެސް ވަނީ އެހީތެރިކަން ފޯރުކޮށްދޭން ފަށާފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް