ޕިޔާނޯ ކުޅެން ސާރިދޯޅައެއް ގެއަކަށް ވަގަށް ވަދެފި!

އެމެރިކާގެ ކޮލޮރާޑޯގެ ޕިޔާނޯ ކުޅެން ސާރިދޯޅައެއް ގެއަކަށް ވަގަށް ވަދެފި އެވެ. އެގޭގެ މީހުން ހާމަކުރާގޮތުގައި އެމިހުން ގެއަށް އައި އިރު މުޅި ގޭގެ ހުރިހާ އެއްޗެއް ވަނީ އެތައްމިތަނާ އަޅާފަ އެވެ. އެހެންކަ...

06 Jun 2017 | 08:07

އެމެރިކާގެ ކޮލޮރާޑޯގެ ޕިޔާނޯ ކުޅެން ސާރިދޯޅައެއް ގެއަކަށް ވަގަށް ވަދެފި އެވެ.

އެގޭގެ މީހުން ހާމަކުރާގޮތުގައި އެމިހުން ގެއަށް އައި އިރު މުޅި ގޭގެ ހުރިހާ އެއްޗެއް ވަނީ އެތައްމިތަނާ އަޅާފަ އެވެ. އެހެންކަމުން އެއީ ވަގުންގެ ކަމެއްކަމަށް އެމީހުން ފުލުހުންނަށް ގުޅި ކަމަށް އެމީހުން ވަނީ ބުނެފަ އެވެ.

ފުލުހުން އައިސް ބެލުމަށްފަހު އެއީ އިންސާނެއްގެ ކަމެއް ނޫން ކަމަށާއި އެއީ ޖަނަވާރެއްގެ ކަމެއް ކަމަށް ބުނުމުންވެސް އެ ގޭގެ މީހުން ޤަބޫލެއް ނުކުރި އެވެ. އަދި ގޭގެ ހުރި ސެކިއުރިޓީ ކެމެރާގެ ފޮޓެޖް ދެއްކުމަށް އެދުނެވެ.

ފުލުހުން އެ ކެމެރާގެ ފުޓޭޖް ދެއްކިއިރު ފެނިގެން ދިޔައީ އެންމެންވެސް ހައިރާން ކޮށްލި މަންޒަރެކެވެ.

އެ ވީޑިއޯ އިން ފެންނަނީ ފުރތަމަ އެ ސާރިދޯޅަ ގެއަށް ވަނުމަށްފަހު މުޅި ސިޓީން ރޫމް ތެރޭ ކާއެއްޗެއް ހޯދުމަށް ތެޅި ތެޅިފައި ޕިޔާނޯ ފެނުމުން އޭގެ ދޮށުގައި އިންނަ ތަނެވެ. ދެން ފެނިގެން ދިޔައީ އެ ސާރިދޯޅަ ޕިޔާނޯ ކުޅުނު މަންޒަރެވެ.

ޕިޔާނޯ ކުޅުމަށްފަހު ކޮޓަރިތަކަށްވަދެ ހުރިހާ ސާމާނެއް އެތައްމިތަނަށް އުކާލުމަށްފަހު ސާރިދޯޅަ ގެއިން ބޭރަށް ނުކުމެގެން ދިޔައީ ކަމަށާއި އޭތި ގެއަށް ވަދެފައި ވަނީ ހުޅުވިފައި އިން ކުޑަދޮރަކުން ކަމަށް އެ އާއިލާއިން ވަނީ މީޑިއާއަށް މަޢުލޫމާތު ދީފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް