ޝްރުތީ ހަސަނާއި ގުޅޭގޮތުން ދެކެވޭ ތުންފަތުގެ އޮޕަރޭޝަނުގެ ވާހަކަތަކަށް ރައްދު ދީފި

އިންޑިޔާގެ ސައުތު ފިލްމް އިންޑަސްޓްރީއިން ބޮޑު ކާމިޔާބީއެއް ހޯދުމަށްފަހު ބޮލީވުޑް އާއި ގުޅުނު އަންހެން ބަތަލާ ޝްރުތީ ހަސަން އޭނާއާއި ބެހޭގޮތުން ދެކެވޭ ތުންފަތުގެ އޮޕަރޭޝަނުގެ ވާހަކަތަކަށް ރައްދުދީފި އ...

06 Jun 2017 | 08:00

އިންޑިޔާގެ ސައުތު ފިލްމް އިންޑަސްޓްރީއިން ބޮޑު ކާމިޔާބީއެއް ހޯދުމަށްފަހު ބޮލީވުޑް އާއި ގުޅުނު އަންހެން ބަތަލާ ޝްރުތީ ހަސަން އޭނާއާއި ބެހޭގޮތުން ދެކެވޭ ތުންފަތުގެ އޮޕަރޭޝަނުގެ ވާހަކަތަކަށް ރައްދުދީފި އެވެ.

ޝްރުތީގެ ފިލްމު "ބެހެން ހޯގީ ތެރީ" ގެ ޕްރޮމޯޝަންގެ ފޮޓޯ ތަކާއި އޭގެ ކުރީގެ ފޮޓޯތައް އަޅާ ކިޔަމުން ގިނަ އަދަދެއްގެ ބައެއްވަނީ ޓްވިޓާގައި ޝްރޫތީ ވަނީ ތުންފަތް ރީތި ކުރުމަށް ތުންފަތުގެ އޮޕަރޭޝަނެއް ކޮށްފައި ކަމަށް ބުނެފަ އެވެ. އެ މީހުން ބުނާގޮތުގައި ޝްރޫތީ މި އޮޕަރޭޝަން ކޮށްފައިވަނީ އޭނާގެ ފިލްމުގެ ޝޫޓިންގެ ފަހުން ކަމަށެވެ.

އިންޑިޔާގެ ނޫހެއް ކަމަށްވާ މިޑް-ޑޭ އިން ކުރި އިންޓާރވިއުއެއްގައި މިކަމާ ބެހޭގޮތުން ޝްރޫތީއާއި ސުވާލުކުރުމުން އޭނާ ވަނީ އޭނާގެ ހަށިގަނޑާއި، އޭނާގެ މޫނަށް އޭނާ ހަދާނެ ގޮތެއް އެނގޭނީ އޭނާއަށް ކަމަށާއި އެއީ އެއްވެސް މީހަކާ ބެހޭ ކަމެއް ނޫންކަމަށް ބުނެފަ އެވެ.

މީގެ އިތުރުން އޭނާ ވަނީ ސޯޝަލް މީޑިޔާގައި މީހުން ކިޔާ އެއްޗެހިން އޭނާއަށް އެއްވެސް އަސަރެއް ނުކުރާ ކަމަށާއި އޭނާ އެއްވެސް މީހަކަށް ޖަވާބުދާރީ ވާން ނުޖެހޭނެ ކަމަށްވެސް ބުނެފަ އެވެ.

މީގެ ކުރިންވެސް ޝްރޫތީ ފަލަވުމުގެ ސަބަބުން އޭނާއަށް ވަނީ އެތައް ބައެއްގެ ފާޑު ކިޔުންތަކެއް ސޯޝަލް މީޑިޔާގައި ރައްދުވެފަ އެވެ. އޭނާ، އޭނާގެ ބަރުދަން އިތުރު ކުރީ އޭނާގެ މިހާރު ނިކުންނަން އުޅޭ ފިލްމަށް ކަމަށްވެސް އޭނާ ވަނީ ބުނެފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް