އައްޑޫ ސިޓީގައި ޒަކާތް ބަލައިގެންނަން ފަށައިފި އެވެ.
ރޯދަ މަހު ދެ ވަނަ ދުވަހުން ފެށިގެން ރާއްޖޭގެ ހުރިހާ ރަށެއްގެ ރަށު ކައުންސިލްތަކާއި އަތޮޅު ކައުންސިލްތަކުން ޒަކާތް ބަލައިގެންނާނެ ކަމަށް އިސްލާމިކް މިނިސްޓްރީން އިއުލާނު ކުރުމުން އައްޑޫ ސިޓީ ކައުންސިލުން ބުނީ މިދިޔަ އަހަރު ޖެހިފައިވާ މައްސަލަތަކަކާއި ގުޅިގެން އެ ކައުންސިލަށް ޒަކާތް ބަލައިގަނެވެން ނެތް ކަމަށެވެ. އަދި މިދިޔަ އަހަރު އެ ކައުންސިލަށް ބަލައިގެންފައިވާ ޒަކާތު ފައިސާގެ ބައެއް ނުބެހި އެބަ ހުރި ކަމަށް ބުނެފައިވެ އެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ މިއަދުން ފެށިގެން ރޯދަ މަހުގެ 21 ގެ ނިޔަލަށް އައްޑޫ ސިޓީގެ ހަތަރު ތަނަކުން ޒަކާތް ބަލައިގެންނާނެ ކަމަށެވެ. އައްޑޫ ސިޓީގެ ރަށްރަށުން ޒަކާތް ބަލައިގަތުމަށް ހަމަޖެހިފައިވަނީ
ހިތަދޫ - އިސްލާމިކް މިނިސްޓްރީ ޔުނިޓު
މަރަދޫ އާއި މަރަދޫފޭދޫ - މަރަދޫ ތަދްރީސުލް ޤުރުއާން
ހުޅުދޫ - ލޭންޑް ބިލްޑިންގ އެންޑް މުނިސިޕަލް ސާވިސް ޑިޕާޓްމަންޓު
މީދޫ - ފެނަކަ ކޯޕަރޭޝަން މީދޫ ގޮފި އިންނެވެ
ފިތުރު ޒަކާތުގެ މިންވަރަކީ 2.4 ކިލޯގެ މިންވަރެކެވެ. އިސްލާމިކް މިނިސްޓްރީން ބުނީ ޒަކާތް ދައްކަން ޖެހޭނީ އެ ރަށެއްގައި އެ މިންވަރަށް ހަނޑޫ ގަންނަން ލިބެން ހުރި އަގެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް