ބާހުބަލީ 2 އަށް ލިބުނު ވަރުގެ ފައިދާއެއް ޓިއުބް ލައިޓަށް ނުލިބޭނެ ކަމަށް ސަލްމާން ބުނެފި

ފިތްރު އީދާ ދިމާކޮށް ރިލީޒް ކުރަނ ތައްޔާރުވަމުންދާ ސަލްމާން ހާންގެ ފިލްމު "ޓިއުބް ލައިޓް" އަށް "ބާހުބަލީ 2" އަށް ލިބުނު ވަރުގެ ކަމިޔާބީއެއް ނުލިބޭނެ ކަމަށް އޭނާ ބުނެފި އެވެ. އިންޑިއާގެ ނޫހަކަށް މައުލޫ...

06 Jun 2017 | 07:24

ފިތްރު އީދާ ދިމާކޮށް ރިލީޒް ކުރަނ ތައްޔާރުވަމުންދާ ސަލްމާން ހާންގެ ފިލްމު "ޓިއުބް ލައިޓް" އަށް "ބާހުބަލީ 2" އަށް ލިބުނު ވަރުގެ ކަމިޔާބީއެއް ނުލިބޭނެ ކަމަށް އޭނާ ބުނެފި އެވެ.

އިންޑިއާގެ ނޫހަކަށް މައުލޫމާތު ދެމުން ސަލްމާން ބުނީ ބާހުބާލީ 2 ށް އެހާބޮޑު ކާމިޔާބ އެއް ލިބުނީ ގިނަ ބަސްބަހަކުން އެ ފިލްމު ރިލީޒް ކުރުމުން ކަމަށެވެ. އެހެންވީމަ އެއާ އެއްވަރަށް ހަމަ އެކަނި ހިންދީ ބަހުން ނެރޭ ފިލްމަކަށް ކާމިޔާބު ނުލިބޭނެ ކަމަށެވެ.

ސަލްމާން ބުނެފައިވަނީ އެވަރުގެ ބޮޑު ކާމިޔާބީއެއް ނުލިބުނު ނަމަވެސް ޓިއުބް ލައިޓުގެ ޓީމަށް ގެއްލުމާއި ކުރިމަތިލާން ނުޖެހި ފައިދާ ވަނިކޮށް އޭނާއަށް ނިމުނީ ކަމަށެވެ.

ބާހުބަލީ 2 އާއި އެންމެ ގާތް ކުރާ އަދަދަކަށް ފައިދާވެފައިވަނީ ބޮލީވުޑްގެ ފިލްމު "ދަންގާލް" އަށެވެ. އާމިރް ހާންގެ އެ ފިލްމަށް ހަމަ އެކަނި ޗައިނާއިން 15 ދުވަސް ތެރޭ 1000 ކްރޯޑު ރުޕީސް ލިބިފައިވާއިރު ބާހުބަލީ 2ގެ ހިންދީ ވާޝަން އަށް އެކަނި 500 ކްރޯޑް ރުޕީސް ލިބިފައިވާ ކަމަށް ރިޕޯޓުތައް ބުނެ އެވެ.

ކަބީރް ހާން ޑައިރެކްޓު ކުރާ ޓިއުބް ލައިޓުން ސަލްމާން އާއި އެކު އޭނާގެ ކޮއްކޮ ސުހައިލް ހާން ވެސް ފެނިގެންދާނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް