މޫސުން ގޯސްވެ ކަނޑުގަދަވުމުން ދަތުރު ނުކުރެވިގެން ކުއްލި ހާލަތުގައި ހއ. އުލިގަމަށް ބަނދަރު ކުރި ޓަގު ފުރާފައިވާ ކަމަށް އެމްއެންޑީއެފުން ބުނެފި އެވެ.
ޑޮމިނިކަން ރިޕަބްލިކްގެ "ގޯލްޑެން ޕްރައިޑް" ނަމަކަށް ކިޔާ އެ ޓަގު އުލިގަމުގައި ބަނދަރުކޮށްފައި ވަނީ މިދިޔަ ހުކުރު ދުވަހުގެ މެންދުރުފަހުއެވެ.
އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރު ކެޕްޓަން އާދަމް އާޒިމް ވިދާޅުވީ ބަލަންޖެހޭ ކަންކަން ބެލުމަށްފަހު އެ ޓަގު ފުރާފައިވަނީ ރޭ އަށެއް ޖަހަނިކޮށް ކަމަށެވެ. އެ ދެން ދާނީ ޗައިނާއަށް ކަމަށް އޭނާ ވިދާޅުވި އެވެ.
މި ޓަގު ބޯޓު ގައި 25 މީހުން ތިއްބެވެ.
އެމްއެންޑީއެފުން ބުނި ގޮތުގައި ޓަގު އެ ރަށުގައި ބަނދަރު ކުރީ، ޓަގުން އެހީ އަށް އެދުމުން، ކަމާ ބެހޭ ފަރާތްތަކުގެ ހުއްދައާ އެކު އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް