އުރަމަތީ ކެންސަރު ޖެހިފައި ހުރި އަންހެނަކު ދެވަނަ ފަހަރަށް ބަލިވެ އިންނަ އިރު އުރަމަތީ ކެންސަރު ޖެހިދާނެ ކަމުގެ ނުރައްކަލެއް ނެތްކަމަށް ދުނިޔޭގެ މިހާތަނަށް ބޭއްވުނު އެންމެ ބޮޑު ކެންސަރު ކޮންފަރެންސްގައި ހާމަކޮށްފި އެވެ.
މި ކޮންފަރެންސްގައި ޑޮކްޓަރުން ކޮށްފައިވާ ދިރާސާގައި އެމީހުން ވަނީ 50 އަހަރުން ދަށުގެ 1،207 ބައިވެރިކޮށްފައި އެވެ. މި ހުރިހާ އަންހެނުންނަކީވެސް ކުރިން އުރަމަތީ ކެންސަރާއި ހަނގުރާމަ ކޮށްފައިވާ އަންހެންނުން ނެވެ.
ގިނަ ޑޮކްޓަރުންތަކެއް ކުރި މިދިރާސާގައި 333 އަންހެނުން ދެ ވަނަ ފަހަރަށް ބަނޑުބޮޑުވެފައިވާއިރު ބަނޑުބޮޑު ނުވާ އަންހެނުންނަށްވުރެ އެމީހުންގެ ދިފާއީބާރު ގަދަ އެވެ. ކެންސަރުގެ އެންމެ ނުރައްކާތެރި ސްޓޭޖްގައި ތިބި އަންހެނުންގެ ތެރެއިން ބަނޑުބޮޑުވި މީހުން ގިނަ ދުވަހަށް ދިރިހުރުމުގެ ފުރުސަތު ބޮޑުކަމަށް ވަނީ ހާމަކޮށްފަ އެވެ.
ބަލިވެ އިނުމުން އުރަމަތީގެ ކެންސަރު ޖެހިފައިވާ މީހުންގެ ހަށިގަނޑަށް އެކި ކަހަލަ ފައިދާތައް ލިއްބައިދޭ ކަމަށްވެސް މި ދިރާސާގައި ވަނީ ހާމަކޮށްފަ އެވެ.
ބްރޫސެލްސްގެ ޖޫލްސް ބޯޑެޓް އިންސްޓިޓިއުޓްގެ އޮންކޮލޮޖިސްޓެއް ކަމަށްވާ މެޓޯ ލަމްބާޓިނީ ހާމަކުރާގޮތުގައި އުރަމަތީ ކެންސަރަށްފަހު އަންހެނުން ބަލިވެ އިނުމުގެ ސަބަބުން ދިފާއީ ބާރު ގަދަވެ ހޯމޯން މެކޭނިޒަމް ރަނގަޅު ވާ ކަމަށާއި އެހެންނަމަވެސް އިތުރަށް އެއްޗެކޭ ބުނުމަށް އަދިވެސް އިތުރު ދިރާސާތައް ބޭނުންވާ ކަމަށެވެ.
އުރަމަތީ ކެންސަރަކީ ފުރާވަރަށް އަރާ އަންހެންކުދީންގެ މެދުގައި އާއްމު ކެންސަރެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް