ކީރިތި ރަސޫލާގެ މަހާނަފުޅަށް ޒިޔާރަތް ކުރުން (ވީޑިއޯ)

މަދީނާގައި ހުންނަ ކީރިތި ރަސޫލާ (ސ.އ.ވ) ޒިޔާރަތަށް، އެ ކަލޭގެފާނުގެ މަހާނަފުޅު ދެކިލަން އެތައް ހާސް މުސްލިމުންނެއް ކޮންމެ އަހަރަކުވެސް ޒިޔާރަތްކުރެ އެވެ. އެކަލޭގެފާނު ފަސްދާނުލެވިފައިވަނީ އެކަލޭގެފާނު...

06 Jun 2017 | 03:07

މަދީނާގައި ހުންނަ ކީރިތި ރަސޫލާ (ސ.އ.ވ) ޒިޔާރަތަށް، އެ ކަލޭގެފާނުގެ މަހާނަފުޅު ދެކިލަން އެތައް ހާސް މުސްލިމުންނެއް ކޮންމެ އަހަރަކުވެސް ޒިޔާރަތްކުރެ އެވެ.

އެކަލޭގެފާނު ފަސްދާނުލެވިފައިވަނީ އެކަލޭގެފާނު އަވާހަރަވި ތަން، އައިޝަތުގެފާނުގެ ގެކޮޅުގައި އެވެ. ހަމަ އެތަނުގައި އެކަލޭގެފާނުގެ އަރިހުގައި މުސްލިމުންގެ ފުރަތަމަ ޙަލީފާ އަބޫބަކުރުގެފާނާއި، ދެވަނަ ޙަލީފާ އުމަރުގެފާނުވެސް ވަނީ ފަސްދާނުލެވިފަ އެވެ.

ކީރިތި ރަސޫލާ ފަސްދާނުލެވިފައިވަނީ އެކަލޭގެފާނުގެ ބޯކޮޅު ހުޅަނގަށްވާގޮތަށެވެ. އަދި މޫނުފުޅު ގެފުޅަށް ކުރިމަތިވާގޮތަށެވެ. އެކަލޭގެފާނު ފަސްދާނުލެވިފައިވާ ޒިޔާރަތް ހުންނަ އެ ސަރަޙައްދު އުމަރުގެފާނުގެ ޙިލާފަތުގައިވަނީ ވަރަށް ރަނގަޅަށް މަރާމާތުވެސްކޮށްފަ އެވެ.

އެ ޒިޔާރަތައް ވަދެވޭގޮތައް މިހާރު ހުންނަނީ އެންމެ ދޮރާއްޓެކެވެ. އެއީ އެ ޒިޔާރަތުގެ އިރުމަތީ ފަރާތުގައި ހުންނަ 600 އަހަރުވެފައިވާ ދޮރުއަށްޓެކެވެ.

ޒިޔާރަތުގެ އެތެރޭގައި ރަސޫލާގެ ދަރިކަނބަލުން ފާތިމަތުގެފާނުގެ އެނދުކޮޅެއް ހުރެ އެވެ. އެ އެނދުކޮޅު ކުރިން ބޭނުންކުރެވުނީ ޒިޔާރަތައް ޒިޔާރަތްކުރާ ފަރާތްތަކުން ގެންނަ ހަދިޔާފަދަ ތަކެތި ބެހެއްޓުމަށެވެ. ނަމަވެސް ތުރުކީގެ އުތަމާންގެ ވެރިން އެ އެނދުކޮޅު އިސްތަންބުލްގައި ހުންނަ ޓޮޕްކަޕި ޕެލެސް މިއުޒިއަމްއަށް ބަދަލުކުރި އެވެ.

ތިރީގައި މިވާ ވީޑިއޯއިން ކީރިތި ރަސޫލާގެ ޒިޔާރަތައް ޒިޔާރަތް ކުރާ ފަރާތްތަކަށް އެ ސަރަޙައްދަށް ވަދެނިކުމެވޭނެ އުޞޫލާއި ގަޑިތައް ތަފްޞީލުކޮށް ގެނެސްދީފައިވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް